މަސް ދަޅު--
މަސް ދަޅު--
ރޯދަ ހަދިޔާގެ ގޮތުގައި މި ފަހަރު ސަރުކާރުން ދޭ ދަޅު މަސް މާލޭ ސަރަހައްދަށް ބަހަން ތައްޔާރުވެއްޖެ އެވެ.

ރޯދައަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާކުރެއްވީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެސްޓީއޯއިން މިއަދު ބުނީ މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެެވެ.

އެގޮތުން މާލޭގައި މަސްދަޅު ކޭސް ދޫކުރާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެސްޓީއޯއިން ބުނީ މި އަހަރުވެސް މަސްދަޅު ދޫކުރާނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހު ކަމަށެެވެ.

މަސް ދަޅު ދޫކުރަން ނިންމާފައިވާ ތަންތަން؛

• މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް

• ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް

• ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ

• ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އެސްޓީއޯއިން ބުނީ މަސް ދަޅު ދޫކުރާނީ މެންދުރުފަހު 2:30 އިން ހަވީރު ހަޔަކަށް އަދި ރޭގަނޑު 8:30 އިން 11:00 އާ ހަމައަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން