އޭސީސީ--
އޭސީސީ--
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން މިއަދު އާންމުކުރި ކޮރަޕްޝަން އިންޑެކްސް ޕާސެޕްޝަންގައި ރާއްޖެއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު އެއް ޕޮއިންޓްގެ ދަށްވުމެކެވެ.

އެކި ގައުމުތަކާ އަޅާކިޔާއިރު ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 96 ވަނަ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރޭންކިންގައި ރާއްޖެ އޮތީ 93 ވަނައިގަ އެވެ. އެހެންކަމުން ރާއްޖެ މިފަހަރު ވަނީ ތިން ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުން އިންޑިއާއަށް ލިބުނީ 38 ޕޮއިންޓެވެ. އެއާއެކު އިންޑިއާވެސް ކޮރަޕްޝަން އިންޑެކްސްގައި އޮތީ 96 ވަނައިގަ އެވެ.

ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލި ނަމަވެސް ރަޢީސް ޑރ. މުުހައްމަދު މުއިއްޒު ވިދާޅުވީމެފައި ވަނީ ކޮރަޕްޝަނަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށެވެ.

މި ސަރުކާރުން ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލި ހަތަރު މީހުންނާއެކީ ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ވެސް އުވާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން