އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.

އިއްޔެ ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި ހުކުމުގައި ބުނީ އެއް މަސް ދުވަސް ތެރޭގައި މި ފައިސާ އެ ކުންފުންޏަށް ދެއްކުމަށެވެ.

މި ހުކުމް ކުރީ ސެންޓަ އެންޓަޕްރައިސަސް އިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާކުރުމުންނެވެ.

ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް ކޯޓުގައި ތަމްސީލް ކުރީ ދައުލަތުންނެވެ.

ސެންޓަ އެންޓަޕްރައިސަސް އިން ވަނީ މި މައްސަލާގައި މުދަލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސް އަށް އަރާ ޖޫރިމަނާގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޯދަން ވެސް ދައުވާގައި އެދިފައެވެ. ނަމަވެސް، އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ އެ ޖޫރިމަނާ ކޯޓުން ނަގައިދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް، އިންވޮއިސްގައި ބަޔާންކުރާ މުދަލުގެ އަގު ކަމަށްވާ 32.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އިން ދޭން ޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ކޯޓު ހުކުމްގައިވެ އެވެ. ކޯޓުން އަންގާފައިވަނީ އިއްޔެއިން ފެށިގެން 30 ދުވަސް ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން