ބޮޑުތަކުރުފާނުމަގުގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްމީހުން އުޅޭ ސަރަހައްދުތަކުގައި ތެޔޮ ގެންގުޅުމަކީ މަނާކަމެއް
ބޮޑުތަކުރުފާނުމަގުގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްމީހުން އުޅޭ ސަރަހައްދުތަކުގައި ތެޔޮ ގެންގުޅުމަކީ މަނާކަމެއް
މާލޭ ސިޓީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް އެފަދަ ހާދިސާތަކުން މީހުން ސަލާމަތް ކުރުމުގެ ގޮތުން ތެލުގެ ޚިދުމަތްދޭ ތަންތަނުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުން މަނާކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތެލުގެ ޚިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާ ކަމެއްކަމަށެވެ. އަދި ޙަވާލާދީފައިވާ ޤަވާޢިދާ ޚިލާފަށް މީހުން ދިރިއުޅޭ ސަރަޙައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީވެސް މަނާ ކަމެއް ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

މި އެންގުމާ ޚިލާފްވާ ފަރާތްތަކަށް ޤަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް މާލެސިޓީ ކައުންސިލް އިން ވަނީ އަންގާފައެވެ. މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގުން މަދުކުރުމުގެ މަގުސަދުގައި އެމްއެންޑީއެފުން 2012 ވަނަ އަހަރު ގަވާއިދެއް ވަނީ ހަދާފައެވެ. ސިޓީ ކައުންސިލުން މިގޮތަށް އަންގާފައި މިވަނީ މިދިޔަ ހަފުތާގައި މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. އަދި މާލޭގައި އާންމުން އުޅޭ ސަރަހައްދުތަކުގައި އެކި ބޭނުންތަކަށް ތެޔޮ ޓޭންކް ހަދައި ތެޔޮ ރައްކާކޮށްގެން ގެންގުޅޭ ތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން