މަރުތޭލުން ހަމަލާ ދިން މީހާ ރާއްޖެ އައުމުން ހައްޔަރުކޮށްގެން ގެންދަނީ--
މަރުތޭލުން ހަމަލާ ދިން މީހާ ރާއްޖެ އައުމުން ހައްޔަރުކޮށްގެން ގެންދަނީ--
މި މަހުގެ ހަތަރު ވަނަ ދުވަހު އައިޖީއެމްއެޗް ކައިރީ، މަގުމަތީގައިހުރި މީހަކަށް މަރުތޭލައަކުން ހަމަލާ ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ހައްޔަރުކުރީ ހުސައިން އަރީޝް (31އ.) އެވެ.

ފުލުހުން ބުނި ގޮތުގައި އަރީޝް ރާއްޖެއިން މެލޭޝިއާއަށް ފުރީ އޭނާ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައި އޮއްވާ ކަމަށެވެ.

ނަމަވެސް އަރީޝް މެލޭޝިއާއަށް އެތެރެވިޔަ ނުދީ ފޮނުވާލީ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އަރީޝް ރާއްޖެ އައުމުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި އެ ހަމަލާގައި އިތުރު މީހުންވެސް ބައިވެރިވެ އެވެ.

އެ ހާދިސާގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިން އިރު ހަމަލާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ކުދި ކުދި އަނިޔާ ލިބުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން