ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް
ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް
ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުންތަކުގެ މައްސަލަ ހައްލު ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާ އެ މަސައްކަތް ހުއްޓާލާނީ އެ މައްސަލަ ހައްލު ކުރުމަށްފަހު ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވާނުވާ ޖެހުމަކީ ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުންތަކަށް ކިޔައި އުޅޭ ނަމެކެވެ. އެގޮތަށް ބަންދުގައި ބޭތިއްބުމުން ގާނޫނީ ވަކީލުން އާންމުކޮށް ބޭނުން ކުރަނީ "ވާނުވާ" ޖެހުމުގެ ގޮތުގަ އެވެ. ޕީޖީ ހުސައިން ޝަމީމް މިއަދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލްވުމަށް ފަހު ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ވާނުވާ" ގެ މައްސަލަ ހައްލު ކުރެވޭތޯ އެކި ދޮރުތަކުގައި ޓަކި ޖައްސަވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ހައްލު ކުރައްވާނެ ކަމަށާ އެ މަސައްކަތް ފުރިހަމަ ނުވަނީސް މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"މިއަދުގެ ބައްދަލުވުމުގައި ހިނގާނެ މަގުތައް ފެނުނު. އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަސްތަކެއް ނުވެ ނަތީޖާ ފެންނާނެ، ޕީޖީ ވިދާޅުވިއެވެ. މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާ ނުވަތަ ދައުވާއެއް އުފުލުމަށް ފަހު ޝަރީއަތް ފެށުމާއެކު ވެސް މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރަށް އެދުމުގެ ބާރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މިހާރު ވަނީ ދީފައެވެ. މިކަން ގާނޫނުގެ ތެރޭގައި އޮތުމުން މުއްދަތެއް ނެތް ގޮތަށް ބަޔަކު ބަންދުގައި ބެއިތިއްބުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުން އުވާލުމާ ގުޅޭ ގޮތުންވެސް މީގެ ކުރިން ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުންތައް ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް، އެކަން އެޓާނީ ޖެނެރަލް، ވަނީ ޕީޖީ އަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން