ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 141 މީހުން ޕޮޒިޓިވްވެ 153 މީހުން ބަލިން ރަނގަޅު ބަލިން ރަނގަޅުވި އަދަދު މިއަދު އިތުރުވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8281 އަށް އަރާފައެވެ. ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 98 ދިވެހިންނާއި 43 ބިދޭސީންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ކޯވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2763 މީހުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 134 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލޭ ސިޓީ ސަރަހައްދުންނެވެ. އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވް ވެފައިވަނީ 7 މީހުންނެވެ.
އެޗްޕީއޭއިން މިރޭ އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ބަލަހައްޓަމުން ގެންދަނީ 157 މީހުންނެވެ.
އެޗްޕީއޭއިން ބުނީ 20 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 16 ފަތުރުވެރިންނާއި 45 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު އެކްޓިވް ކޭސަސް ހުރި ރަށްތަކުގެ ޢަދަދަކީ 39 އެވެ.
ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 29 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު