ރަޝިޔާގެ ރައީސް ވްލަޑިމިރް ޕޫޓިންގެ ސުލްހައިގެ ވާހަކަތަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ ޔުކްރެއިންގެ ކަންކަމުގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު ވެވޭ އެއްބަސްވުމަކަށް، ޔުކްރެއިންގެ ބައިވެރިވުމެއް ނެތި، އެެއްބަހެއް ނުވެވޭނެ ކަމަށެވެ. އަދި ހާއްސަކޮށް ޕޫޓިންގެ ވާހަކަތަކަށް އިތުބާރު ނުކުރުމަށް ޓްރަމްޕަށް ޒެލެންސްކީ އިލްތިމާސްވެސް ކުރެއްވިއެވެ.

ޔުކްރެއިން-ރަޝިޔާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކުރެވޭ މަޝްވަރާތަކުގައި ޔޫރަޕަށްވެސް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ޒެލެންސްކީ ގޮވާލެއްވިއެވެ.

ޒެލެންސްކީ މި ވާހަކަފުޅުތައް ދެއްކެވީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްއަށް ވަޑައިގަންނަވަމުން، ނިއުކްލިއަރ ޕްލާންޓެއްގައި މަޑުކުރެއްވި ވަގުތުއެވެ. އަދި މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއާ ވާހަކަދައްކަވައި، މަޝްވަރާތަކެއް ފެށޭނެކަމަށް އިޢުލާންކުރައްވާފައި ވަނިކޮށެވެ.

މީޑިޔާތަކަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ މިނިވަން ޤައުމެއްގެ ހައިސިއްޔަތުން، އެގައުމުގެ ބައިވެރިވުމެއް ނެތި ވެވޭ އެއްވެސް އެއްބަސްވުމަކަށް އެގައުމަކުން އެއްބަހެއް ނުވެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން