ޕީއެސްއެމް ހިންގާ އިމާރަތް: އެތަނުގެ ނޫސްވެރިއަކު ޕޮޒިޓިވްވެ ބައެއް މުވައްޒަފުން ވަނީ ކަރަންޓީނުކޮށްފައި
ޕީއެސްއެމް ހިންގާ އިމާރަތް: އެތަނުގެ ނޫސްވެރިއަކު ޕޮޒިޓިވްވެ ބައެއް މުވައްޒަފުން ވަނީ ކަރަންޓީނުކޮށްފައި
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މަސައްކަތް ކުރާ ނޫސްވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެތަނުގެ ބައެއް މުވައްޒަފުން ކަރަންޓީނުކޮށްފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ޕީއެސްއެމްގެ ދަށުން ހިންގާ ޓީވީއެމްގައި ޚަބަރު ހުށައަޅައިދޭ ނޫސްވެރިއަކު ކަމަށް މައުލޫމާތު ލިބެއެވެ. ނޫސްވެރިޔާ ކޮވިޑް-19 އަށް ފައްސިވުމުން އޭނާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަސް މީހަކު ވަނީ މިހާރު ކަރަންޓީން ކޮށްފައެވެ. އޭގެތެރެއިން ހަތަރު ނޫސްވެރިންގެތެރޭގައި ވެސް ޚަބަރާއި، ޚަބަރާއި ގުޅުން ހުރި ޕްރޮގްރާމްތައް ހުށަހަޅައިދޭ މުވައްޒަފުން ވެސް ހިމެނެއެވެ.

ރަސްއޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި ޕީއެސްއެމްގެ ނޫސްވެރިޔާ ވަނީ މިފަހުން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން މެޑަމް ފާތިމަތު ފަޒުނާ އާއި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދާއި ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ އާއި އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި އިވެންޓްތައް ކަވަރ ކުރަން ހާޒިރުވެފައެވެ.

ޕީއެސްއެމްގެ ބައެއް ނޫސްވެރިން މީގެ ކުރިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގިނަ ނޫސްވެރިންތަކެއް ކަރަންޓީން ކޮށްފައި ވެއެވެ.ޕީއެސްއެމްގެ ބައެއް މުވައްޒަފުން ކޮވިޑް-19 ފެތުރެން ފެށި ފަހުން މަސައްކަތް ކުރަމުން ގެންދަނީ ގޭގައި ކަމަށް ޕީއެސްއެމް އިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން