ފްލައިޓް ދުއްވާ ޕައިލެޓަކު ހެލިކޮޕްޓަރު ދުއްވަން ދަސްކުރަން ނަގާނީ އެންމެ 45 ދުވަސް ކަމަށް އައިލެންޑް އޭވިއޭޝަނުގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އައިލެންޑް އޭވިއޭޝަނުގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޕައިލެޓުންނަށް ހެލިކޮޕްޓަރު ނުދުއްވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދިއުމަކީ ރާއްޖޭގެ ޕައިލެޓުންނަށް ދެރަ ބަސް ބުނުން ކަމަށެވެ.
އަދި ޕައިލެޓަކަށް ހެލިކޮޕްޓަރު ދުއްވަން 45 ދުވަސް ތެރޭފައި ދަސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީން ވިދާޅުވީ، ހެލިކޮޕްޓަރު ދުއްވަން ދަސްކޮށް، ސެޓްފިކެޓް ހޯދުމަށް ނަގާނީ ހަމައެކަނި 8000 ޑޮލަރާއި 10،000 ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ކަމަށެވެ.
ރާއްޖެއަށް އިންޑިއާގެ އަސްކަރިއްޔާއިން ހަދިޔާކުރި ހެލިކޮޕްޓަރެއް ފުރަތަމަ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެގައުމާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން މި ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން އިންޑިއާއިން ތަމްރީނު ކުރަންޖެހެެއެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް 10 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް މިހާތަނަށް އެއްވެސް ދިވެއްސަކު ތަމްރީނު ކޮށްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
އެ ހެލިކޮޕްޓަރު ދުއްވައި، ބަލަހައްޓަނީ އިންޑިއާގެ ސިފައިންނެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، އިންޑިޔާގެ ހެލިކޮޕްޓަރުތައް ފޮނުވާލަން އެމަނިކުފާނު ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމާ އެކު އިންޑިއާ ސިފައިންގެ ވިސާ އާކޮށްދީ ހެލިކޮޕްޓަރު އުދުހުމުގެ ސަރުކާރުން ވަނީ ދީފައެވެ. އަދި އޭގެ ފަހުން އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްވެސް ރާއްޖެ ގެނަސް އުދުހުމުގެ ހުއްދަ ދިންއިރު އެ ބޯޓު ދުއްވުމުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާގެ އިތުރު ސިފައިން ވަނީ ރާއްޖެ އައިސް އެމީހުންގެ ރާއްޖޭގެ ފައުޖުގެ އަދަދު އިތުރު ކޮށްފައެވެ. އެގޮތުން މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާ އިންޑިއާގެ އަސްކަރީ ފައުޖުގައި ހިމެނެނީ ކިތަން ސިފައިން ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Helicopter pilots are not particularly so special
— Mohamed Ameen (@ameen3d) September 3, 2020
Some people's efforts to show that Maldivians cannot fly helicopters are an insult to talented Maldivian pilots
It takes only USD 8k - 10k to train a licensed pilot to fly helicopters, & can be done in 45days. Worth to invest! pic.twitter.com/SJaA1T1KzC
ރާއްޖެއަށް އިންޑިއާގެ އަސްކަރިއްޔާއިން ހަދިޔާކުރި ހެލިކޮޕްޓަރެއް ފުރަތަމަ ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެގައުމާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން މި ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން އިންޑިއާއިން ތަމްރީނު ކުރަންޖެހެެއެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް 10 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް މިހާތަނަށް އެއްވެސް ދިވެއްސަކު ތަމްރީނު ކޮށްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
އެ ހެލިކޮޕްޓަރު ދުއްވައި، ބަލަހައްޓަނީ އިންޑިއާގެ ސިފައިންނެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، އިންޑިޔާގެ ހެލިކޮޕްޓަރުތައް ފޮނުވާލަން އެމަނިކުފާނު ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމާ އެކު އިންޑިއާ ސިފައިންގެ ވިސާ އާކޮށްދީ ހެލިކޮޕްޓަރު އުދުހުމުގެ ސަރުކާރުން ވަނީ ދީފައެވެ. އަދި އޭގެ ފަހުން އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްވެސް ރާއްޖެ ގެނަސް އުދުހުމުގެ ހުއްދަ ދިންއިރު އެ ބޯޓު ދުއްވުމުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާގެ އިތުރު ސިފައިން ވަނީ ރާއްޖެ އައިސް އެމީހުންގެ ރާއްޖޭގެ ފައުޖުގެ އަދަދު އިތުރު ކޮށްފައެވެ. އެގޮތުން މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން ގެންދާ އިންޑިއާގެ އަސްކަރީ ފައުޖުގައި ހިމެނެނީ ކިތަން ސިފައިން ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު