ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ހުސެން މުހައްމަދު ރޭ އަވަހާރަ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރީ ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހަންމަދު އަވަހާރަވީ ރޭގެ މެންދަމުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ހުސައިން މުޙައްމަދަނީ ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިކަމުގެ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ކުޅަދާނަ ލިއުންތެރިއެކެވެ. ހުސައިން މުހައްމަދަކީ ޓީވީ މޯލްޑިވްސްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޓީވީ މޯލްޑިވްސްގައި ޚަބަރާ މައުލޫމާތާއި ގުޅޭ ތަފާތު ޕްރޮގްރާމްތައް ވެސް ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން