އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީހް
އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީހް
ކޯވިޑް-19 އާ ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގައި އެންސްޕާއިން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފިއެވެ.

ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާސަންދަ އާއި އެންސްޕާއިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް މިއަދު އާއްމުކޮށްފައިވާއިރު ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމި އިންކަމް ސަޕޯޓް އެލަވަންސް، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ މީހުންނަށް ދޫކޮށްފައިވަނީ އެންސްޕާ މެދުވެރިކޮށެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް 2506 ފަރާތަކަށް، ޖުމްލަ 10،049،378 ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ކަަމަށެވެ. އެއީ ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 2042 ފަރާތަކަށް 7,787,447 ރުފިޔާ އާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 464 ފަރާތަކަށް 2,261,931 ރުފިޔާ އެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި ރިޕޯޓަށް މައުލޫމާތު ހޯދި ދުވަހާ ހަމައަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވަނީ 10 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު ވަނީ 43.6 މިލިއަނަށް ރުފިޔާ ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 10،522 މީހަކަށް ވަނީ އެ އެލަވަންސް ދޫކޮށްފައެވެ.

ކޯވިޑް-19 އާ ގުޅިގެން 20 މެއި އިން 30 ޖޫންގެ ނިޔަލަށް ވަޒީފާގައި އުޅޭ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދީފައިވަނީ ސަރުކާރުން އެކުލަވާލާފައިވާ "ކޯވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލު" އަދި "ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" އާ އެއްގޮތަށް ކަމަށްވެސް ރިޕޯޓުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން