ޝާން މުހައްމަދު   16 ފެބްރުއަރީ 2025 - 11:14
ހުޅުލެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކަޅު ތެޔޮ އެޅުނީ ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލު، ހުޅުލެ ފަޅުތެރެއަށް ކަމަށެވެ. އަދި މިހާރު ފަޅުތެރެއަށް އެޅިފައި ހުރި ތެޔޮތައް ވަނީ ނަގާ ސާފުކޮށްފައެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އިއްޔެ 15:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ސަރަހައްދަށް ގޮސް ފަޅުތެރެއަށް އެޅިފައިވާ ތެޔޮތައް ސާފުކޮށްފައެވެ.

ކަޅުތެޔޮ އެޅުނީ ކިހިނެއްވެގެން ކަމެއް ސާފެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން