އެފްއޭއެމްގެ އެކްސްކޯގެ ރަޖިސްޓްރީ ބައްސާމް އާއި ޙަވާލުކުރުމުގެ ރަސްމިއްޔާތު.
އެފްއޭއެމްގެ އެކްސްކޯގެ ރަޖިސްޓްރީ ބައްސާމް އާއި ޙަވާލުކުރުމުގެ ރަސްމިއްޔާތު.
އެފްއޭއެމްގެ އިންތިހާބީ މަޤާމުތަކަށް ހޮވުނު ފަރާތްތައް ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް އެކަމުގެ ލިޔުން އެފްއޭއެމްއާއި ހަވާލުކޮށްފިއެވެ.

އެފްއޭއެމްގެ އިންތިޚާބުގެ މައްސަލާގައި އެ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އެ މައްސަލާގައި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި، ސްޕޯޓްސް ކޮމިޝަނަރ އަޙްމަދު ސަލީމާއި، އެފްއޭއެމްގެ ރައީސް ބައްސާމް މަޖިލީހަށް ޙާޟިރުކޮށް ވަނީ އެފްއޭއެމްގެ އިންތިހާބާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ނުވަދެ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތައް ގެންދިއުމަށް މަގުފަހިކޮށްދިނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙްމަދު ސަލީމްގެ މަސައްކަތުން ކަމަށެވެ. އެހެންކަމުން އެ ދެ ފަރާތުގެ ލީޑަޝިޕަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.



ބައްސާމް އާއެކު އެފްއޭއެމްގެ އެގްޒެގެޓިވް ކޮމެޓީއަށް އިންތިޚާބު ކޮށްފައިވަނީ، ސީނިއާ ނައިބް ރައީސަކަށް އަލީ އުމަރާއި، ނައިބް ރައީސަކަށް މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ.

މީގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނު މެމްބަރުންނަކީ މިހާރުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އަހުމަދު ޝަކީބް (ޑޮކް) ގެ އިތުރުން އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން