ގދ.ހޯނޑެއްދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީން ނިންމައި ނެގި ސާމްޕަލްތަކުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ މީހުންނެވެ. އެކަމާގުޅިގެން ރަށުތެރެއިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެމީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ހޯނޑެއްދޫ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވިދާޅުވެފައި ވަނީ އެރަށް މޮނިޓަރިންގ ހާލަތަށް ލާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ. ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދައާއި ނުލައި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް އެޗްޕީއޭއިން ކައުންސިލަށް ވަނީ އަންގާފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި ހޯނޑެއްދޫން ނެގި ރެންޑަމް ސާމްޕަލްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ގެ ދެވަނަ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު