މުދާ އުފުލަނީ- ގޫގުލް އިމޭޖެސް
މުދާ އުފުލަނީ- ގޫގުލް އިމޭޖެސް
ރޯދަމަހު ބަރު އުޅަނދުތަކާއި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލާ އުޅަނދުތައް ދުއްވޭނެ ގަޑިތައް މިއަދު އިކޮނޮމިކް މިނިސްޓްރީއިން އާންމު ކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީން ބުނެފައިވަނީ ކުރިއަށް އޮތް ރޯދަމަހު އެއްވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.

އެގޮތުން ރޯދަމަގު ފުރަތަމަ 19 ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވޭނީ ހެނދުނު 09:30 އިން ހަވީރު 16:30 އަށް، އަދި ރޭގަނޑު 20:00 އިން ހެނދުނު 06:00 އަށެވެ.

އަދި އީދު ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މި އުސޫލަށް އަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރޯދަމަހު 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށް، އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މިގަޑިތަކަށް ސަމާލުވެ އުޅަނދުތައް ދުއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން