ދުނިޔޭގެ އެންމެ ވަރުގަދަ ބާރުކަމަށް ދައުވާ ކުރާ އެމެރިކާ ސައިޒުކޮށް ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށް އުތުރުު ކޮރެއާއިން ބުނެފިއެވެ.

އުތުރު ކޮރެއާއިން މިހެން ބުނެފައި މިވަނީ ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެމެރިކާއިން ގޮވާލި ގޮވާލުމަށް ވަރަށް ބޮޑަށް ފާޑުކިޔުމަށް ފަހުގައެވެ. އެގޮތުން ސަރުކާރާ ހަވާލާދީ އުތުރު ކޮރެއާގެ ނޫސްތަކުން ބުނެފައިވާ އެމެރިކާ ނުރުހުނަސް ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމް ކުރިއަށް ދާނެކަމަށެވެ.

އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ގޮވާލާފައިވާ ގޮވާލުމަކީ "ބޭކާރު އަދި ޒަމާނަށް ނުފެތޭ" ގޮވާލުމެއް ކަމަށް އުތުރު ކޮރިޔާއިން ވަނީ ބުނެފައެވެ. އަދި ލީޑަރު ކިމް ޖޮންގް އުންގެ ލަނޑުދަނޑިކަމުގައިވާ ނިއުކްލިއަރ ބާރު އިތުރުކުރުމުގައި ދެމިހުންނާނެ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުގެ ނުރައްކާތެރި އިންޒާރު އޮތްހާ ހިނދަކު، އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރަކީ އެގައުމުގެ ސުލްހައާއި މިނިވަންކަން ދިފާޢުކުރުމަށް ބޭނުންކުރާނެ ވަސީލަތެކެވެ.

އެގޮތުން މި ބަޔާން ނެރެފައިވަނީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުގެ އިސް ޑިޕްލޮމެޓުން ބައްދަލުކޮށް، އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ފުރިހަމައަށް ނައްތާލުމަށް ގޮވާލައިފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރައީސްކަމަށް އަނބުރާ އައުމަށްފަހު، އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދަމަހައްޓާފައިވެއެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއިންވަނީ އެގައުމަކީ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ގައުމެއްގެ ގޮތުގައި ޤާނޫނުން ކަނޑައަޅާފައެވެ. އަދި އެގައުމުގެ ގާނޫނު އަސާސީ އިސްލާހުކޮށް ނިއުކްލިއަރ ހަތިޔާރުގެ ބާރު އިތުރުކުރުން ދާއިމީކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން