ޕީޖީ ޙުސައިން ޝަމީމް
ޕީޖީ ޙުސައިން ޝަމީމް
މަސައްކަތް މި ކުރައްވަނީ ޕީޖީ އޮފީހަކީ ޤާނޫނާ އެއްގޮތަށް އަމަލުކުރާ މުއައްސަސާއަކަށް ހެދުމަށް ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހަށް 12 އަހަރު ފުރުމާއި ދިމާކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަނީ (އޭނާ ނެތަސް) ޕީޖީ އޮފީހަކީ އަބަދުވެސް، ހަމަ ހުރިހާ ހާލަތެއްގައިވެސް، ޤާނޫނާ އެއްގޮތަށް އަމަލު ކުރާ، އިތުބާރާއެކު ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ، ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި، ދެމެހެއްޓޭތޯ ކަމަށެވެ.



ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަމީމް އައްޔަން ކުރައްވާފައި ވަނީ 08 ޑިސެންބަރު 2019 ގައެވެ. އޭގެ ކުރިން 04 ފެބުރުއަރީ 2009 ގައި ޝަމީމް ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށްވެސް އައްޔަން ކުރައްވާފައެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް 12 ނޮވެމްބަރު 2013 ގައިވެސް ޝަމީމު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރައްވާފައެވެ.

ފެހި ޤާނޫނުއަސާސީގެ ދަށުން އުފެއްދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ އައްޔަނު ކުރެއްވި ޕްރޮސިކިއުޓާ ޖެނެރަލަކީ އަލްއުސްތާޛު އަހުމަދު މުއިއްޒު އެވެ. ހަތަރެއް ސެޕްޓެމްބަރު 2008 އިން 25 ނޮވެންބަރު 2013 ގެ ނިޔަލަށް މުއިއްޒު ވަނީ ޕީޖީގެ މަގާމު ފުރުއްވާފައެވެ. އޭގެ ފަހުން ޕީޖީގެ މަގާމް ފުރުއްވާފައިވަނީ އަލްއުސްތާޛު މުހުތާޒް މުހުސިންއެވެ. އަދި އޭގެފަހުން ޕީޖީ އަކަށް ހުންނެވީ އަލްއުސްތާޛާ އައިޝަތް ބިޝާމެވެ. ޕީޖީ ހުސައިން ޝަމީމަކީ ފެހި ޤާނޫނުއަސާސީގެ ދަށުން އައްޔަނު ކުރެވުނު ހަތަރު ވަނަ ޕްރޮސެކިއުޓަރ ޖެނެރަލް އެވެ.

ޕީޖީ ޝަމީމް ވަނީ ޕީޖީ އޮފީހުގެ 12 ވަނަ އަހަރީ ދުވަހުގެ ތަޙުނިޔާއާއި މުބާރިކްބާދީ އެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ކުރީގެ މުވައްޒަަފުންނަށާއި، މިހާރު މަސައްކަތް ކުރައްވާ މުވައްޒަފުންނަށްވެސް އަރިސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ރަޝީދު

06-Sep-2020

މިއޮތްހާދުވަހު ތިބެގެން ކުޅިދޯޖެހީ، އަދި ކިރިޔާ ބޯރޑަރުތެރެއަށް ތިވަދެވެނީ، ތިވެސް ލައްކަވަރު! އަޅެ އުޅެބަލަ ވާޤޮތެއް ބަލާލަން؟



ޓްރެންޑިން