ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އަކީ "ހުދުމުހުތާރު ވެރިއެއް" ކަމަށް ބުނެ ރަޝިޔާއަށް އަރައިގަތުމުގެ ޒިންމާ ޔޫކްރޭންގެ މައްޗަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އުފުލައިފިއެވެ.
ބުދަ ދުވަހު ޓްރޫތް ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވަނީ ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމެރިކާއަށް އޮޅުވާލައިގެން ޔޫކްރޭނަށް ބިލިއަން ޑޮލަރުގެ އެހީ ހޯދައި، އެ އެހީ ނުބައިކޮށް ބޭނުންކުރި ކަމަށް ޓްރަމްޕު ވަނީ ތުހުމަތު ކޮށްފަ އެވެ.
ޓްރަމްޕު ވިދާޅުވީ ޒެލެންސްކީ އެމެރިކާއާ ވާހަކަ ދައްކައިގެން 350 ބިލިއަން ޑޮލަރު ޚަރަދުކޮށް، ކާމިޔާބު ނުކުރެވޭނެ، ދުވަހަކުވެސް ފެށެން ނުޖެހޭ ހަނގުރާމައަކަށް ގޮސްފައިވާ ކަމަށެވެ.
މި ހަނގުރާމައަށް ފާއިތުވި މަސްތަކުގައި އެމެރިކާއިން ބޮޑު އަދަދުތަކުން ފަންޑުކޮށްފައިވާއިރު އޭރު ބުނަމުން ގެންދިޔައީ އެމެރިކާ އަބަދުވެސް އޮންނާނީ ޔުކްރެއިންނާ އެކު ކަމަށެވެ. ނަމަވެސް މިހާރު އެ ވާހަކަތައް ހަނދާން ނައްތާލައި އެމެރިކާއިން ދަނީ ޔުކްރެއިން އާ އަދާވާތްތެރި ރަޝިޔާ އާއި ގުޅުން ބަދަހިކުރަމުންނެވެ.
ރައީސް ޓްރަމްޕު ވަނީ ޔުކްރެއިންގެ ގުދުރަތީ މުއްސަނދި ކަމަށް ޝައުގުވެރިވެފައިވާކަންވެސް ހާމަކޮށްފައެވެ. އަދި ރަޝިޔާ އާއި އެކު މަޝްވަރާތައް ބާއްވައި މި ހަނގުރާމަ ހުއްޓާލުމަށްވެސް ވާހަކަތައް ދެކެވުނެވެ. މިވާހަކަތަކަށް ޔުކްރެއިން އިން ކަންބޮޑުވުންވެސް ފާޅުކުރިއެވެ. އެގޮތުން ޔުކްރެއިން އިން ބޭނުންވީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރި ވުމަށެވެ. ނަމަވެސް އެ ފުރުސަތެއް އަދިވެސް އެގައުމަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު