ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން މީހަކު ގޮވާލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރާ ކަމަށް ބުނެފައިވާއިރު، ޗެނަލް13 އިން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

ޗެނަލް13 އިން ބުނީ އެމީހާ އެހެން ބުނުމާއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް13 އިން ވަނީ މައާފަށް އެދިފައެވެ.

ރައީސް ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޗެނަލް13 ގެ ޕްރޮގްރާމެއްގައި ގޮވާލާފައިވާއިރު މީހުން މެރުން، މާރަމާރީ، ޓެރަރިޒަމް ލޭއޮހޮރުވުން ފަދަ ޖަރީމާތައް މޮޅު ނުވަތަ ރަނގަޅު ކަންކަން ކަމަށް ދޭހަވާ ގޮތަށް ބްރޯޑްކާސްޓް ކޮށްގެން ނުވާނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓް ގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން