ރައީސް ސޯލިހް ފުލުހުންނާއި ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށްޓަށް ވަޑައިގަންނަވަނީ
ރައީސް ސޯލިހް ފުލުހުންނާއި ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށްޓަށް ވަޑައިގަންނަވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަތަކެއް ލައިވް ކުރި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ބްރޯޑްކޮމް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޗެނަލް13އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ. އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައި ކަމަށް ބަޔާނުގައިވެއެވެ.

ޗެނަލް13 ގެ ބައެއް ޕްރޮގްރާމްތަކުގައި އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުންދާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ސްޓޭޝަނަށް އެތައް ފަހަރެއްގެ މަތިން ވަނީ ނަސޭހަތްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޢަލީ

06-Sep-2020

ތިޔަ ޗެނަލް ވަރަށް ގިނަ ގޮއިގޮތުން ބެއަދަބީ ބަސްތައް ބެނުންކުރަމުން ދަނީ ވަރަށް ދައްފަންތީގެ އަހުލާގުދައް އެކަން އިސްލާހު ކުރެވޭނީ މަދުވެގެން 1 އަހަރުގެ މުއްދަތައް މުޅިޗެނަލް ބަންދުކޮއްގެން



ޓްރެންޑިން