ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބުދު ﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބުދު ﷲ މައުސޫމް
ކޯވިޑް-19 އަށް ނެގެޓިވްކަން ކަށަވަރު ކޮށްގެން އެ ނަތީޖާ އާއި އެކު ރާއްޖެއަށް އެތެރެވެވޭ ގޮތަށް ހެދުމުން ރާއްޖެ ވެގެންދާނީ އެންމެ ރައްކާތެރި އެއް މަންޒިލަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ނޫން ތަނެއްގައި ރާއްޖޭގައި ކޮވިޑު-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ނެތުމާއި އެކު، ރާއްޖެ އެެތެރެވާއިރު ކޮވިޑު-19 ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންނަން ޖެހޭ ގޮތަށް ހެދުމުން ދެން ރާއްޖެ ވެގެންދާނީ ދަތުރު ކުރަން އެންމެ ރައްކާތެރި މަންޒިލް ތަކުގެ ތެރޭގައި ކަމަށެވެ. އަދި މިއީ ރާއްޖެއަށް ޒިޔާރަތް ކުރަންވީ ވަގުތު ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު ޖުލައި 15 ގައި ހުޅުވި ނަމަވެސް އަދިވެސް ރާއްޖެއަށް އެހާ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައެއް ނުވެއެވެ. ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ގިނަ ޤައުމުތަކުން ކަނޑައަޅާފައިވާ ރައްކާތެރި މަންޒިލަތަކުގެ ތެރޭގައި އަދިވެސް ރާއްޖެ ހިމަނާފައެއް ނުވެއެވެ.

ކޯވޮޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރެއާއި ހިސާބަށް ރާއްޖޭގެ 20 ރިސޯޓެއްގައި 17 ފަތުރުވެރިންނާއި 45 މުވައްޒަފުންނަށް ބަލި ޖެހިފައި އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން