ކުވައިތުން އިންޑިޔާއަށް ތެޔޮ ހިފައިގެން ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރުގައި އަލިފާން ރޯވެ އަނދަން ފެށީ ސްރީލަންކާގެ 70 މޭލު އުތުރުންނެވެ. މިހާދިސާ ގައި ތެޔޮ ޓޭންކަރުގެ 23 ކްރޫއިންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ސްރީލަންކާގެ ނޭވީގެ ތަރުޖަމާނާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާގައި ހާމަކޮށްފައިވެއެވެ.
މިހާދިސާގައި ތެޔޮ ޓޭންކަރަށް އެހީތެރި ވުމަށް ސްރީލަންކާއިން ހަތަރު އުޅަނދުގެ ފޮނުވާފައިވާކަމަށްވެސް ސްރީލަންކާގެ ނޭވީގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ސިލްވާ ވިދާޅުވެފައިވެއެވެ. އަދި އެހީތެރިވުމަށް އައި އިރު 19 ކްރޫއިން ވަނީ ލައިފް ބޯޓު ތަކުގައި ތެޔޮ ޓޭންކަރު ދޫކޮށް ކަނޑަށް ފައިބައިފައި ކަމަށާއި އެމީހުން ސަލާމަތް ކުރުމުގައި އެހީތެރިވެދިނީ ލަންކާގެ ކަނޑުގެ ސިފައިން ކަމަށް ކެޕްޓަން އިންދިކާ ސިލްވާ ވިދާޅުވެފައިވެއެވެ.
ޓަގުގައި ރޯވެފައިވާ އަލިފާން ނިންވަން މަސައްކަތް ކުރަމުން ދަނިކޮށް ތެޔޮ ޓޭންކަރުގެ އިންޖީނުގެ ބޮއިލަރު ގޮވައިގެން ފިލިޕީންސްއަށް ނިސްބަތްވާ ބޯޓުގެ ފަޅުވެރިއަކު މަރުވެފައި ވާކަމަށްވެސް ކެޕްޓަން އިންދިކާ ސިލްވާ ވިދާޅުވެފައިވެއެވެ. ނަމަވެސް ބޯޓުގައި ތިބި 23 ފަޅުވެރިންގެ ތެރެއިން 22 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ.
މިހާދިސާގައި ސްރީލަންކާގެ ބަނދަރުގައި އޮތް ރަޝިޔާގެ ބޯޓެއްވެސް ވަނީ އެހީތެރިވެދީފައެވެ. އަދި ސްރީލަންކާ ނޭވީގެ އެދުމުގެ މަތިން އިންޑިޔާގެ ކޯސްޓް ގާޑުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ތެޔޮ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު