ސްރީލަންކާ ކައިރިން ރޯވި ތެޔޮ ޓޭންކަރު ނުނިވި ދެވަނަ ދުވަސް ވީއިރު ކަމާ ގުޅޭ މާހިރުން ދެކޭގޮތުގައި މިހާދިސާއިން އިންޑިޔާ ކަނޑަށް ތެޔޮ އެޅި މިސަރައްހަދު ބިރުވެރިކަމަކަށް ހިނގައިދާނެއެވެ.

ތެޔޮ ޓޭންކަރުގައި ރޯވި އަލިފާން ނިއްވުމުގައި ސްރީލަންކާގެ މަނަވަރުތަކާއި އިންޑިޔާގެ މަނަވަރު ތަކާއި އަސްކަރީ ހެލިކޮޕްޓަރު ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އަލިފާން ރޯވިފަހުން ތެޔޮ ޓޭންކަރު ވަނީ އޮޔާގޮސް ސްރީލަންކާއާއި އިތުރު 10 ކިލޯމީޓަރަށް ކައިރިވެފައި ކަމަށް ސްރީލަންކާގެ ނޭވީ އިން ރިޕޯޓު ކޮށްފައިވާ ކަމަށް އަރަބް ނިއުސްގައި ފާހަގަ ކޮށްފައިވެއެވެ.

ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނާގޮތުގައި އަދި ކަނޑަށް ތެޔޮ އެޅުމުގެ ބިރުވެރިކަމެއް ނެތެވެ. އަދި ތެޔޮ ޓޭންކަރުގެ ތެއު ހުންނަ ބައިގައި އަލިފާން ނުހިފާ ކަމަށާއި، އަލިފާން ނިއްވުނުހާ އަވަހަކަށް ތެޔޮ ޓޭންކަރު ދުރަށް ޓޯ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިހާދިސާގައި ކަނޑަށް ތެޔޮ އެޅިއްޖެނަމަ ސްރީލަންކާއާއި ދިވެހި ރާއްޖޭގެ ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުން ވެދާނެ ކަމަށް ކަމާގުޅޭ މާހިރުން ދެކޭކަމަށް އަރަބް ނިއުސްގައި ބުނެފައިވެއެވެ. ދިވެހި ރާއްޖެ އަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާ ވާ ގައުމަކަށް ވެފައި ކަނޑުގެ ފަރުތައް އެންމެ ރަނގަޅު އެއްގައުމު ކަމަށްވެސް ރިޕޯޓްތަކުގައި ފާހަގަ ކޮށްފައި ވެއެވެ.

މިކަމާ ބެހޭގޮތުން، ދިވެހި ރާއްޖޭގެ ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ނަސީމް ކުރެއްވި ޓްވީޓެއްގައި، ކަނޑަށް އެޅެމުންދާ ތެލުން ރައްކާތެރި ވުމަށް ތައްޔާރު ވާން ފިޔަވަޅު އެށުމަށާއި، އެއްގަމާ ހަމައަށް ތެލުގެ އަސަރު ކުރުން ހުއްޓުވަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި ތެޔޮ ޓޭންކަރަކީ، ޖަޕާނުގެ ބަލްކް ކެރިއަރ އެމްވީ ވަކަޝާއޯ އަށް ވުރެ ބޮޑު އުޅަނދެކެވެ. ޖަޕާނުގެ ބަލްކް ކެރިއަރ އެމްވީ ވަކަޝާއޯ، މިއަހަރުގެ ޖުލައި މަހު މޮރިޝަސްގެ ފަރަށް އެރި ހާދިސާގައި އެސަރަހައްދަށް 1000 ޓަނުގެ ތެޔޮ އެޅިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން