ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދިނުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، އީސީ ޝަރީފް ގޮވާލައްވައިފި އެވެ.
ޝަރީފް އެކަމަށް ގޮވާލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށި ކޮޅުގައި ހުޅު ޖަހަން ޗެނަލް 13 ގެ ޝޯއެއްގައި ވާހަކަ ދެއްކި މީހަކު ގޮވާލާ ވީޑިއޯ އަކަށް އިޝާރަތްކުރައްވައި ކުރެެއްވި ޓުވީޓެެއްގައެވެ. އީސީ ޝަރީފް ކުރެެއްވި ޓުވީޓުގައި ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭކަން ކަމަށް ހިތްވަރު ނުދިނުމަށް ގޮވާލައްވާފައި ވެއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމަކަށް ގުޅި ބައިވެރިއަކު ވަނީ މިހާރުން މިހާރަށް ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލާފައެވެ. އެ މީހާ އެހެން ބުނާ ވީޑިއޯ ޝޯޝަލް މީޑިއާ ގައި ދައުރުވެ އެމައްސަލަ ބަލާ ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލަމުންދަނިކޮށް ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ފުލުހުންވެސް ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.
ޗެނަލް 13 އިން ވަނީ އެމީހާ ދެއްކި ވާހަކައަށް އެޗަލުން ޒިންމާ ނުނަގާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު