ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން ހަމަޖައްސައި މުހިންމު ވޯޓްތަކެއް މިޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މުހިންމު ވޯޓުތަކެއް ނަގަން އެޖެންޑާކޮށްފައިވަނިކޮށް މިދިޔަ ހޯމަ ދުވަހުގެރޭ މެދުކަނޑާލި ޖަލްސާ މާދަމާ ކުރިއަށްގެންދަން ނިންމައިފައިވާއިރު މިޖަލްސާގައި 60 އަށްވުރެ ގިނަ ވޯޓް ނަގާނެއެވެ.

މިޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދެ ބޭފުޅަކު އައްޔަންކުރަން ރުހުންދިނުމާމެދު ގޮތެއްނިންމުމަށް ނަގާ ވޯޓާއި، ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމަށް ރުހުން ދިނުމާމެދު ގޮތެއްނިންމަން ނަގާ ވޯޓުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރުން އައްޔަންކުރަން ވޯޓުނެގުން ހިމެނެއެވެ.

މީގެ އިތުރުން "އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" އާއި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020"ގެ ބިލް ފާސްކުރުމާއި ތަޢުލީމުގެ ބިލާއި، ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާޙުގެނައުމުގެ ބިލުގެ އިތުރުން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ބިލް ފާސްކުރުންވެސް އާދީއްތަދުވަހު އޮންނާނެއެވެ.

މާދަމާ ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33ވަނަ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. މިޖަލްސާގައި މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ. މި ޖަލްސާއާއެކު ހިނގަމުންދާ ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްކުރީ މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހު ނެގި ވޯޓުގައި ބައިވެރިވި 27 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން