އިދިކޮޅު ފަރާތްތަކުގެ މަގުސަދަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި އަންނަން އޮތް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓް ހުއްޓުވުން ކަމުގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އިޤްތިސާދީ ގޮތުން ރާއްޖެއަށް އަވަށްޓެރި އިންޑިޔާއިން ފޯރުކޮށްދެމުންދާ އެހީތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދެމުންދަނީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ވެދޭ އެހީތަކެއްކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިއަދު މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް އަންނަން އޮތް ތަރައްޤީ ހުއްޓުވައި ރައްޔިތުންނަށް އެހެން މަޒަރެއް ދެއްކުމަށްކަމުގައި އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ތަރައްގީއާއި ތަހުޒީބަށް ލޯބިކުރާ ރައްޔިތުންތަކަކަށްވާއިރު ރައްޔިތުން އެދިއެދި ތިބި ތަރައްޤީ އަންނަން ފެށުމުން އެއަށްނޫނެކޭ ބުނާނީ ޤައުމަށް ހެޔޮ އެދޭ ބައެއް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ޒިންމާއަކީ ޤައުމަށް އަންނަ ތަރައްްޤީ ހުއްޓުވުން ނޫންކަމަށާއި، ޒިންމާދާރުކަމާއިއެކު ސަރުކާރު ޖަބާވުދާރީ ކުރުވުންކަމުގައި އޭނާ ވިދާޅުވިއެވެ.
"މަގުސަދަކީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓް ހުއްޓުވުން. ރައްޔިތުންނަށް އެއްވެސް މިންވަރަކަށް ހެޔޮއެދޭ ބައެއްނަމަ ޒަމާނުއްސުރެ ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ވާން ފެށީމާ އެކަން ހުއްޓުވަން ނޫޅޭނެ. އިދިކޮޅުގެ ޒިންމާއަކީ ހުއްޓުވުމެއްނޫން. ޒިންމާދާރު ކުރުވުން." ނިހާދު ވިދާޅުވިއެވެ.
ނިހާދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމުންނާއި، ސައުދީން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވެދޭން ފެށުމުން އެއީ ޤައުމު ވިއްކުންކަމަށްބުނެ އޭރު އިދިކޮޅުގައި ތިބި އަދި މިއަދު ވެރިކަން ކުރަމުންދާ އެމްޑީޕީންވަނީ އެކަންކަމަށް ދެކޮޅު ހަދައި މީސްމީޑިއާގައި އެގައުމުތަކާ ދެކޮޅަށް ކެމްޕޭންކޮށް މަގުތަކުގައި މުޒާހަރާކޮށް ހަދާފައެވެ. އެގޮތުން ސައުދީއަށް ފ. އަތޮޅުން ބައެއް ވިއްކާލަން އުޅޭ ކަމަށް ބުނެ އެކަމާއި ދެކޮޅަށް އެމްޑީޕީ އިސްވެ އޮވެ އޭރު ކުރި އެންޓިކެމްޕޭންގެ ސަބަބުން އެ ޕްރޮޖެކްޓް ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލާފައެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށްދިނުމަށް ނިންމައިފައެވެ. އަދި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް 500 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައެވެ.
އަދި އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވީނަމަވެސް، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ހާލުދެރަ ބަލިމީހުންނަށް ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އެޤައުމުން ވަނީ ފަހިކޮށްދީފައެވެ. އަދި މި އެހީތެރިކަމުގެ ދަށުން ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު