ލަވަކިޔުންތެރިޔާ އަހުމަދު ފަރަޝް: ފަރަޝް އާއި އޭނާގެ ކޮއްކޮ ވަނީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި
ލަވަކިޔުންތެރިޔާ އަހުމަދު ފަރަޝް: ފަރަޝް އާއި އޭނާގެ ކޮއްކޮ ވަނީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި
މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުން އާންމުންގެ މަގުބޫލުކަން ހޯދި އަހްމަދު ފަރަޝް އާއި އޭނާގެ ކޮއްކޮ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ފަރަޝް ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުވައްމުލަކުގައި މީހެއްގެ ގައިގައި ޖަހައި މަރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެއެވެ. ފަރަޝްގެ އިތުރުން އެ މައްސަލާގައި އޭނާގެ ކޮއްކޮ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ފަރަޝް އާއި އޭނާގެ ކޮއްކޮގެ ބަންދަށް ފުވައްމުލަކު ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

އަނިޔާ ލިބުނު ފަރާތުގެ އާއިލާގެ މެމްބަރަކު ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މައްސަލަ ޖެހުނީ ފަރަޝްގެ އަންހެން ކޮއްކޮއަށް އެ އާއިލާގެ މީހަކު ގުޅުމުން ކަމަށެވެ. އެ އަންހެން ކޮއްކޮއަށް ގުޅީ ފަރަޝްގެ ފިރިހެން ކޮއްކޮގެ ނަންބަރު ހޯދުމަށް ކަމަށް ވެސް އެ އާއިލާ އިން ބުނެ އެވެ.

އެކަމާ ހިތްހަމަނުޖެހިގެން ފަރަޝް ގްރޫޕެއް ގޮވައިގެން ގޮސް އެ ފިރިހެން ކުއްޖާއާ މެދު މާރާމާރީ ހިންގުމަށްފަހު އޭނާ އެއްލާލި ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ. އާއިލާ އިން ބުނީ ދެންތިބި މީހުން މާރާމާރީ ނުހިންގާ ކަމަށާއި އެމީހުން އެކަމުގައި އެހީތެރިވެދިނީ ކަމަށެވެ.

އެ ފިރިހެން ކުއްޖާގެ މަންމަ އަށާއި ދައްތައަށް ވެސް ވަނީ އެ މާރާމާރީގައި އަނިޔާވެފައި ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން