ޔޫކްރޭން، ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) މަތިން ހަނދާން ނައްތާލަން ޖެހިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ބުނެފިއެވެ.
ޓްރަމްޕު މިހެން ބުނެފައިވަނީ ޔޫކްރޭނާއި ރަޝިޔާގެ ހަނގުރާމަ ހުއްޓުމުގެ މަރުހަލާގެ ތެރެއިން އެމެރިކާއިން ހޯދާނީ ކޮން ލުއިތަކެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. ޓްރަމްޕު ބުނީ ނޭޓޯ އާ ގުޅުމުގެ ހުވަފެން ޔޫކްރޭނުން ހަނދާން ނައްތާލަން ވެފައިވާ ކަމަށެވެ.
މި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕު ރަޝިޔާ އާއެކުވެސް މަޝްވަރާކޮށްފައިވާއިރު މިހާރު ޓްރަމްޕުގެ ވިސްނުން ހުރީ ޔޫކްރެއިންގެ ގުދުރަތީ މުއްސަނދިކަން އަތުލައިގަތުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިކަމާ ޔޫކްރެއިން އިންތިހާއަށް ކަންބޮޑުވާއިރު ޔޫކްރެއިން އިން ވަނީ އެގައުމު ނުހިމަނާ ސުލްހައިގެ މަޝްވަރާތައް ކުރިޔަށް ގެންދާތީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ރައީސް ޓްރަންޕް ބުނަމުން ގެންދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން 300 ބިލިޔަން ޑޮލަރު ޔޫކްރޭނަށް ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ބަދަލެއް ގޮތުގައި ޔޫކްރޭނުގައި ހުރި މައުދަންތައް އެމެރިކާއަށް ލިބެންޖެހޭ ކަމަށްވެސް އޭނާ ގެންދަނީ ބުނަނުންނެވެ.
ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުން ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ކުރިއަށް އޮތް ހަފްތާގައި އެމެރިކާއަށް ޒިޔާރަތްކޮށް، މި ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއި ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު