ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި، މީޑިއާގެ މިނިވަންކަމަކީވެސް ހައްދެއް އޮންނަންވާނެކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ލައިވް ކަވަރޭޖެއްގައި ރައީސް ޞާލިހު ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށްބުނެ މީހަކު ދެއްކި ވާހަކަ ކުއްވެރި ކުރައްވައި މޫސަ ވިދާޅުވީ ޤާނޫނު އަސާސީގައި ބުނާ މިނިވަންކަމުގެ ހައްގަކީ މިފަދަ ގޮތަކަށް އެހައްގުގެ ބޭނުންކުރުމަށް ދީފައިވާ ހައްގެއް ނޫންކަމަށެވެ. މީސް މީހުންގެ ގައިގައި ހުޅުޖަހައި ރޯކޮށް، އަނިއޔާ ކުރުމަށް ގޮވާލުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މިހައްގުގެ ބޭނުން އޭގެ ނުބައި މާނައިގައި މިނިވަން ކަމުގެ ހުދޫގެ ނަމުގައި އިންސާނީ ކަރާމަތާއި، އިސްލާމީ އާދަތަކާއި ޚިލާފް ކަންކަން ކުރުމަށް ހިއްވަރު ދެމުންދާކަމަށެވެ. މިފަދަ ކަންކަމަކީ މި މުޖުތަމައުގައި މަދުން ނަމަވެސް ފެންނަމުންދާ ނުރަނގަޅު އާދަތަކެއްކަމަށް މޫސަ ވިދާޅުވިއެވެ.



"ޤާނޫނު އަސާސީގައި ބުނާ މިނިވަންކަން ރަނގަޅަށް ބޭނުންކުރަން ޖެހޭ ކަމަށް ވަކާލާތު ކުރާ މީހުނަށް ހީވެފަ އޮންނަނީ މީހުނަށްއަނިޔާކޮށް އިންސާނުންރޯކުރަން ގޮވުމަކީވެސް މިނިވަންކަމުގެ ހުދޫދުކަމަށް؟ މީޑިއާގެ މިނިވަންކަމަކީވެސް ހައްދެއް އޮންނަންވާނެކަމެއް." މޫސާ މަނިކު ވިދާޅުވިއެވެ.

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ. ފުލުހުން ވިދާޅުވީީ ރާޢްޖޭގެ ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ މި އަމަލު އެ ފަރާތަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި އެ މައްސަލަ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-20

ޑީޢެމް

07-Sep-2020

މި ޤައުމުގެ ރޯނުއެދުރު، އަބަދުވެސް ފަހަތުން އަރާލަނޑު ތަޅަން އުޅޭނީ، ކުރިއަކުން ވާނުވާއެއް ނޭގޭނެ!



ޓްރެންޑިން