މި މަހުގެ ހަތަރު ވަނަ ދުވަހު އައިޖީއެމްއެޗް ކައިރީ، މަގުމަތީގައިހުރި މީހަކަށް މަރުތޭލަކުން ހަމަލާ ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުކުރެވުނު ޒުވާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ހުސައިން އަރީޝް (31އ.) އެވެ. އަދި އޭނާގެ ބަންދަަށް 10 ދުވަސް ފުލުހުން ޖެހި އެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަރީޝްގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ހަމަލާއާ ގުޅިގެން އަރީޝް ހައްޔަރުކުރީ ކޯޓު އަމުރެއް ނެރެފައި އޮއްވައި ފިލަން އޭނާ މެލޭޝިއާއަށް އެތެރެވާން އުޅެނިކޮށް އަނބުރާ ރާއްޖެ ފޮނުވާލުމުން ނެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އެ ހަމަލާގައި އިތުރު މީހުންވެސް ބައިވެރިވެ އެވެ.
އެ ހާދިސާގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިން އިރު ހަމަލާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް ކުދި ކުދި އަނިޔާ ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު