ރާއްޖެއާއި އެންމެ އަވަށްޓެރި ޤައުމުތަކާއިމެދު ދިވެހި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދެނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކެއް ނެތުމުންކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު އިންތިހާއަށް ދަށަށް ގޮސް މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގައި ހަރުދަނާ ކަމެއް ނެތުމުން ރައްޔިތުންގެ މެދުގައި އަވަށްޓެރި ޤައުމުތަކާއި މެދު ނަފުރަތު އުފެދި ނުތަނަވަސްކަން ބޮޑުވަމުންދާކަމަށެވެ.

އަވަށްޓެރި ޤައުމުތަކުގެ އެހީތެރިކަން މިހާލަތުގައި ހޯދާއިރު އެކަންކަން ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލައި ޤައުމަށް ގެއްލުންހުރި ގޮތުގައި ކަމަށް ޖަމީލް ވިދާޅުވިއެވެ. ބޮޑެތި ލޯނުތައް ނަގައި، ބޮންޑު ވިއްކައިގެން ފައިސާ ހޯދަމުންދާއިރު މިކަންކަމުގެ ހަގީގަތް ނޭގި، ގައުމާއި ރައްޔިތުންގެ ހާލަތު ދަށަށް ދާކަމީ ރައްޔިތުންގެ އޮތް އެންމެބޮޑު ކަންބޮޑުވުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިހާލަތުގައި އަވަށްޓެރި ޤައުމުތަކާއިމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ ޖާގަ ލިބިފައިވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން ކަމަށާއި، ސަރުކާރުގެ އެއްވެސް ހަރުދަނާކަމެއް ނެތްކަން ހާމަވަމުންދާކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ކޯވިޑް-19 ގެ ނުރައްކާތެރި އަދި އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފަިއވާ މިހާލަތުގައިވެސް ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދަނީ ބޮޑެތި ހިޔާނާތްތައް ކަމަށް ވެސް ޖަމީލު ތުހުމަތު ކުރެއްވިއެވެ.

"ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ޤައުމު އަމާނާތްތެރިކަމާއެކު ހިންގުން. ކޮވިޑާ ގުޅިގެން ހުސް ޚިޔާނާތް. ދަރަނި މައްޗަށް. ޚާރިޖީ ސިޔާސަތު ފެއިލް. އަވަށްޓެރިންނާ މެދު ރަށްޔިތުން ނަފްރަތު އުފެދެނީ ހަރުދަނާ ސިޔާސަތެއް ނެތުމުން. ޤައުމީ މަޞްލަޙަތު ފަހަތަށްޖެހި، ކޮންމެ ދިމާލަކުން ކާރިޘާ." ސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ޑރ.ޖަމީލް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތުގައި ސަރުކާރުގެ އެކި އިދާރާތަކުން ކޮށްފައިވާ ހޭދަތަކާއި ގުޅިގެން ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ޓުވަރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި، އާސަންދަ ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ބޮޑެތި އޮޅުވާލުމާއި ހިޔާނާތަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ވަނީ ހާމަވެފައެވެ. އަދި މީގެ ތެރެއިން ދެ ރިޕޯޓެއްގެ މައްސަލަ ކަމާއި ގުޅުންހުރި އިދާރާތަކުން މިހާރުވެސް ދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޖައުފަރު

06-Sep-2020

ޖަމީލް އަކީ އެއްވެސް އުރައްޕެއް ހުރި މީހެއްނޫން



ޓްރެންޑިން