ކްރިމިނަލް ކޯޓު--
ކްރިމިނަލް ކޯޓު--
ކަތިވަޅިއާއި އިތުރު ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރި އެވެ.

އެ އެންމެންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި މއ.ރިހިވިލާ / ކ.މާލެ، އަހުމަދު މާނިއު(23އ.) ވަނީ ކުޑަކުއްޖަކު ލައްވާ މާރާމާރީ ހިންގަން ދެ ކަތިވަޅިވެސް ދީފަ އެވެ. އެހެންވެ އޭނާ ވަނީ 16 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރު ނެރެފަ އެވެ.

މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި އެހެން މީހެއް ކަމަށްވާ ފަނޑުނުވާގެ / ގދ.ގައްދޫ، މުހައްމަދު އަޔާން(18އ.) ހުރީ ހެލްމެޓާއި މާސްކް އަޅައިގެންކަމަށާއި އޭނާ ހައްޔަރުކުރި ތަނުގައި ތިބި އިތުރު ދެމީހެއްގެ އަތުން ކަތިވަޅިއާއ،ި ކަށިގަނޑެއް ފެނުނު ކަމަށް ވެސް ބަންދު އަމަރުގައި ބުނެފައި ވެއެވެ. އެ މައްސަލައިގައި އަޔާން ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރު ނެރެފަ އެވެ.

މާރާމާރީގެ މައްސަލައިގައި ދެން ހައްޔަރުކުރީ ދަފްތަރު ނަންބަރު 2383 /ކ.މާލެ، މުުލްހަމް މުޙައްމަދު ރިޔާޒް(18އ.) އާއި ސޯސަންވިލާ / ގއ.ވިލިނގިލި، ވިކާޝް އަހުމަދު(18އ.) އެވެ. އެ ދެ މީހުންނަކީ ވެސް ތޫނު ހަތިޔާރު ހިފައިގެން އަމަލީ ގޮތުން މާރާމާރީތަކުގައި އުޅޭ މީހުންކަން ފާހަގަކޮށް ދެ މީހުންވެސް ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރު ނެރެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން