މާލޭ ސިޓީ ކައުންސިލުން ރާއްޖެ ގެނެސްފައިވާ މިނެޓަކު 11،000އަށް ވުރެ ގިނަ ލީޓަރުގެ ފެން ބޭރުކުރެވޭ ދެ ޕަމްޕް ބޭނުންކުރަން ފަށައިފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް "ރަސް"އަށް މިއަދު ވިދާޅުވީ މިއީ 3 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން އެމެރިކާއިން ގެނައި ޕަމްޕްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މާލޭގައި ބެނުންކުރާ ޕަމްޕްތަކުން މިނެޓަކު ބޭރު ކުރެވެނީ 1300އެއްހާ ލީޓަރުގެ ފެން ކަމަށެވެ.
"މިހާރު ބޭނުންކުރާ ޕަމްޕްތައް ފެން ހިންދަން ބޭނުންކުރާއިރު ފަތް އެއްޗެތި ޖެހުނަސް ހުއްޓޭނެ. އެކަމަކު އަލަށް ގެނައި ޕަމްޕްތަކުން އެހެނެއް ނުވާނެ." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އާ ދެ ޕަމްޕް ލިބުނީ އިއްޔެ ކަމަށާއި އަދި ހަމަ އިއްޔެ އެ ދެ ޕަމްޕް ފެން ހިންދަން ނެރުނު ކަމަށެވެ.
މާލޭގެ މިހާރު ފެން ހިންދުމުގެ މަސައްކަތް އާންމުކޮށް ކުރަނީ އެމްއެންޑީއެފުން ނެވެ. އެހެންވެ މާލޭ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕް ޑިފެންސް މިނިސްޓްރީއާ ހަވާލުކުރަން އިއްޔެ އެ މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވި އެވެ.

ކިޔުންތެރިންގެ ހިޔާލު