ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫން އިތުރު 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބުނީ އެރަށުން އިއްޔެ ނެގި 36 ސުންކުގެ ތެރެއިން 19 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިއީ އެރަށުގައި ރަށު ތެރެއިން ފައްސިވި ދެ މީހުންނާއި ގުޅޭ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ފާހަގަވި މީހުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެންނުންނާއި އަށް އަންހެނެކެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ ދެ ކުއްޖަކާއި، 1 އަހަރާއި 18 އަހަރާއި ދެމެދުގެ އަށް މީހަކާއި، 18 އަހަރާއި 50 އަހަރާއި ދެމެދުގެ ހަތް މީހެއްގެ އިތުރުން، 50  އަހަރުން ދަށުގެ ދެ މީހުން ހިމެނޭ ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

އެހެން ކަމުން އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. މީގެ ކުރިން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެޗްއީއޯސީ އިން ބުނީ މިއީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް އަދި ނުނިންމާ ކަމަށެވެ. މިކަމާއި ގުޅިގެން އެ ސެންޓަރުން އެރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އިތުރު މައުލޫމާތާއި އެރަށުގެ ހާލަތު މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން