އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވި މަޝްވަރާއަށްފަހު ޔޫކްރެއިންގެ މައުދަންތައް އެމެރިކާއަށް ދޭން އެއްބަސްވެ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ކުޑަކަކޫ މައްޗަށް ތިރިވެއްޖެއެވެ.

ރައީސް ޒެލެންސްކީ އާދީއްތަ ދުވަހު ވިދާޅުވީ ރައީސް ޓްރަމްޕުގެ އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު ޓްރަމްޕާ އޮތް ގުޅުން ސަލާމަތް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މީޑިޔާގެ ފަހަތުގައިވެސް މަޝްވަރާތައް އަދި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ޒެލެންސްކީ ވަނީ ސުލްހައިގެ އެއްބަސްވުމެއްގެ ތެރެއިން ޔޫކްރޭނުން ރަޝިޔާއަށް އެއްވެސް ސަރަހައްދެއް ދޫނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމެރިކާއާއެކު މައުދަނުގެ ޑީލެއްގައި ސޮއިކުރަން އަދިވެސް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެ، އެމެރިކާއަށް ސުލްހައިގެ ޕްލޭނެއް ޑްރާފްޓް ފޮނުވުމަށް ޔޫރަޕްގެ ލީޑަރުންނާ އެކު ހުކުރު ދުވަހު ކުރެވުނު މަޝްވަރާއަކީ މުހިންމު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ލަންޑަނުގައި ޔޫރަޕްގެ ލީޑަރުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު ޒެލެންސްކީ ނޫސްވެރިންނާ ވާހަކަ ދައްކަވަކުން ވިދާޅުވީ އެމެރިކާއިން ޔޫކްރޭނަށް ދޭ އެހީތެރިކަން ހުއްޓާލާނެ ކަމަށް ނުދެކޭ ކަމަށެވެ. އަދި އޭގެ ސަބަބަކީ "ތަހުޒީބު ދުނިޔޭގެ ލީޑަރުންގެ ގޮތުގައި" ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އެހީތެރިވާން އެއްވެސް ގައުމަކުން ބޭނުން ނުވާތީ ކަމަށް ޒެނެސްކީ ވިދާޅުވިއެވެ.

އެކަމަކު ޒެލެންސްކީ ވިދާޅުވީ ކޮންމެ ނަތީޖާއަކަށް ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. "ގުޅުން ސަލާމަތްކުރުމާ ގުޅޭގޮތުން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ގުޅުން ދެމިއޮންނާނެހެން،" ލަންޑަން ސަމިޓަށް ފަހު ތަރުޖަމާނަކު މެދުވެރިކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނުން އެމެރިކާއަށް ބަރޯސާވެފައިވަނީ އެންމެ އިސް އަސްކަރީ އެހީތެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި އެގައުމަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމަކީ ޕޫޓިންއަށް އެހީތެރިވެދޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އެމެރިކާއަކީ ... ތަހުޒީބު ދުނިޔޭގެ ލީޑަރުން، އަދި އެމީހުން ޕޫޓިންއަށް އެހީތެރިކަމެއް ނުދޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން