އެއްވެސް މީޑިޔާއެއް އުވާލުމަކީ އެދެވޭ ގޮތެއް ނޫންކަމަށާއި، ފިތުނަ ފަސާދަ އުފައްދާ މީީޑިޔާތައް އަޑު ނޭއްސެވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ޗެނަލް-13 އިން ބުރާސްފަތި ދުވަހު ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވި މައްސަލައިގައި އެ ޗެނަލް އުވާލައި ފިޔަވަޅު އެޅުމަށް ގޮވާލުމުން ރައީސް ނަޝީދުވަނީ އެކަން ދިފާއުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީީޑިޔާއެއް އުވާލުމަކީ އެދެވޭ ކަމެއް ނޫންކަމަށެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި އެ މީހާ އެހެން ބުނީ، ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ވާހަކަ ދެއްކި ތ. ވިލިފުށީ މީހެކެވެ. ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދެއްކި އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަންވީ" ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ރައީސް ޞާލިޙްގެ ހަށި ކޮޅުގައި ހުޅުޖެހުމަށް ގޮވާލި ގޮވާލުން އެއްވެސް ވަރަކަށް ކުއްވެރި ކުރައްވާފައެއް ނުވެއެވެ. އަދި އެފަދަ އަމަލުތައް ކުއްވެރި ކުރެއްވުމުގެ ބަދަލުގައި ރައީސް ނަޝީދުގެ ކަންބޮޑުވެ ވަޑައިގެންނެވުމަކީ އެފަދަ ޗެނަލްތައް ބެލުމެވެ. ރައީސް ނަޝީދު ވިދާޅުވީ އެފަދަ ޗެނަލްތައް އަޑު ނޭއްސެވުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށެވެ.

"އެއްވެސް މީޑިއާއެއް އުވާލުމަކީ އެދެވޭ ގޮތެއްނޫން. އެހެން ނަމަވެސް މީޑިޔާ އަކުން ރުޅިވެރިކަމާއި ހަސަދަ އާއި، ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ އަޅުގަނޑުމެން އެކަކަށްވެސް ބަލައި ގަނެވޭނެ ކަމެއްނޫން. އަޅުގަނޑު އިލްތިމާސް އަކީ އެފަދަ މިޑީޔާތައް އަޑު ނޭއްސެވުން. ޤަބޫލް ނުކުރެއްވުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުންވެސް މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. ފުލުހުން ވިދާޅުވީީ ރާއްޖޭގެ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި އެ މައްސަލަ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ. ޗެނަލް-13ގެ ފޭސްބުކް ޕޭޖުގައި މިހާރު ވެސް ހިއްސާކޮށްފައިވާ އެ ވީޑިއޯ، ޓްވިިޓާގައި ޝެއަކުރަމުން މީހަކު ބުނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި ނަފްރަތާއި އަނިޔާވެރިކަމަށް ހިތްވަރުދިނުން ކަމަށެވެ. އަދި މި ފަދަ އަމަލުތަކާ މެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން