އަހުމަދު މަސްނޫމް   5 ސެޕްޓެމްބަރު 2020 - 23:0
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަތަކެއް ލައިވް ކުރި މައްސަލާގައި ޗެނަލް13 ގެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި ރައީސް ޞާލިޙްގެ ހަށިކޮޅަށް ގެއްލުންދޭން ބުނީ، ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ވާހަކަ ދެއްކި ތ. ވިލިފުށީ މީހެކެވެ. ސަރުކާރަށް ފާޑު ކިޔައި ވާހަކަ ދެއްކި އެ މީހާ ބުނީ ވެރިކަން އަވަހަށް ނައްތާލަން ބޭނުންވާ ކަމަށާއި "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގާ އަލިފާން ޖަހަންވީ" ކަމަށެވެ.

މިމައްސަލާގައި ގިނަބަޔަކު ޗެނަލް 13 ގެ މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. ފުލުހުން ވަނީ މިއަދު ޗެނަލް ތޭރައިގެ ބޭފުޅުން ފުލުހަށް ހާޒިރުކޮށް މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށްފައެވެ. ޗެނައިލް13ގެ އިސް މީހަކާއިއެކު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައިވެސް ހިމެނޭ 2 ވަކީލަކު ފުލުހަށް ހާޒިރުވެފައިވެއެވެ. މި ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންވެސް އަދި ޗެނަލް 13 އިންވެސް ހާމަކޮށްފައެއް ނުވެއެވެ.

ޗެނަލް 13 ގެ ލައިވް ޕްރޮގުރާމެއްގައި މީހަކު މިފަދަ ގޮތަކަށް ވާހަަކަ ދެއްކުމާއި ގުޅިގެން އެޗެނަލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ޗެނަލް13އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

ޗެނަލް13 ގެ ބައެއް ޕްރޮގްރާމްތަކުގައި އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުންދާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ސްޓޭޝަނަށް އެތައް ފަހަރެއްގެ މަތިން ވަނީ ނަސޭހަތްދީފައެވެ.

މިމައްސަލައާއި ގުޅިގެން ބްރޯޑްކޮމް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި މިއަދު ވަނީ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޒަލީފް

07-Sep-2020

އިންޑިޔާއިން އަނގައިގެން ކުރާކަމެއް. ތަރޑް ސެކެޓްރީ ރާއްޖެއިން ޑީޕޯޓްކުރޭ.



ޓްރެންޑިން