އެއްވެސް މީހަކަށް އަނިޔާ ކުރުމަށް ގޮވާލައިފި ނަމަ އެއްވެސް ތަފާތު ކުރުމެއްނެތި އެމީހަކާއިމެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ،

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަތަކެއް ޗެނަލް 13 އިން ލައިވްކުރި މައްސަލާގައި އެ ސްޓޭޝަނަށާއި، އެކަމަށް ގޮވާލި މީހާއަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ގޮވާލަމުންދާ މިދަނޑިވަޅުގައި އަބްދުއްރަހީމް ވިދާޅުވީ މީހުންނަށް އެއްވެސް ގޮތަކަށް އަނިޔާއެއް ދިނުމަށް ގޮވާލާ މީހުންނާއިމެދު ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ.

އަދި މިގޮތަށް ފިޔަވަޅު އެޅުމުގައި އެއްވެސް ޕާޓީއަކަށް، އެއްވެސް ކުލައަކަށް ބެލުމެއްނެތި ހަމަހަމަ އުސޫލުން ފިޔަވަޅު އަޅަންޖެހޭނޭކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމްކުރި ޓްވީޓްގައިވަނީ ރައީސް ޔާމީނަށާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް އެމްޑީޕީގެ އެކްޓިވިސްޓުން ގޮވާލައި އެކަން ކުރެއްވި ބޭފުޅުންފެ ފޮޓޯވެސް އާންމުކޮށްފައެވެ.

"އެއްވެސް މީހަކަށް އަލިފާނުންވިޔަސް އަދި އެނޫން އެއްޗަކުން ވިޔަސް އަނިޔާކޮށްގެން ނުވާނެ. އެފަދަ ކަމެއް ކޮށްފިނަމަ ތަފާތުކުރުމެއްނެތި ބަލަންވާނެ. ވެރިކަންކުރާ ޕާޓީގެ މީހަކަސް، ވާދަވެރި ޕާޓީގެ މީހަކަސް ތަފާތުކޮށްގެން ނުވާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.



ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަތަކެއް ލައިވް ކުރި މައްސަލާގައި ޗެނަލް13 ގެ ބޭފުޅުން މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން