ޔުނިވަރސަލް އެންޓަރޕްރައިޒަސްއިން 10000 ޓެސްޓު ކިޓު މިނިސްޓްރީ އޮފް ހެލްތަށް މިއަދު ހަދިޔާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޔުނިވަރސަލް އެންޓަރޕްރައިޒަސްއިން 10000 ޓެސްޓު ކިޓު ހަދިޔާކޮށްފައިވާކަމަށެވެ. މިއަދު ހަދިޔާކުރި ޓެސްޓު ކިޓުތަކާއި ހަވާލުވެވަޑައިގަތީ ވަގުތީގޮތުން ހެލްތު މިނިސްޓްރީ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ.
މިއަދު ޔުނިވަރސަލް އެންޓަރޕްރައިޒަސްއިން 10000 ޓެސްޓު ކިޓު ހަދިޔާކޮށްފައިވާއިރު، މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ރާއްޖެއަށް 20000 ޓެސްޓު ކިޓު ހަދިޔާކޮށްފައެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވެފައިވަނީ ރާއްޖޭގައި ބާކީ ހުރި ޓެސްޓު ކިޓުގެ ޢަދަދަކީ 4000 ކަމަށެވެ. މީގެ ކުރިންވެސް ރާއްޖެއަށް ހެޔޮއެދޭ ބައެއް ޤައުމުތަކުންނާއި ރާއްޖޭގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ކޯވިޑް-19 އަށް ޓެސްޓްކުރާ ކިޓް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

Ministry of Health received additional 10,000 #COVID19 test kits from Universal Enterprises Pvt Ltd today. With the kits contributed today, Universal has contributed over 30,000 during the course of this #pandemic pic.twitter.com/isQbZKhfjH
— Ministry of Health (@MoHmv) September 5, 2020
މިހިނގާ ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވެފައިވަނީ ރާއްޖޭގައި ބާކީ ހުރި ޓެސްޓު ކިޓުގެ ޢަދަދަކީ 4000 ކަމަށެވެ. މީގެ ކުރިންވެސް ރާއްޖެއަށް ހެޔޮއެދޭ ބައެއް ޤައުމުތަކުންނާއި ރާއްޖޭގެ ބައެއް ކުންފުނިތަކުން ވެސް ވަނީ ކޯވިޑް-19 އަށް ޓެސްޓްކުރާ ކިޓް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު