މީގެ 40 އަހަރު ކުރިން ފެށި އިސްލާހީ ޙަރަކާތުން މިނިވަންކުރި ތިން ބާރު މި ސަރުކާރުން ނިގުޅައިގެންފައިވާކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރ އަދި އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ މަޖީދީމަގުގައި ކުރިއަށް ގެންދިޔަ ކުއްލި އިޙްތިޖާޖްގައި ވާހަކަފުޅު ދައްކަވަމުން ބިގޭ ވިދާޅުވީ ސަރުކާރުން މިހާރު ވަނީ ދަޢުލަތް ހިންގުމުގެ ދެވަނަ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަނގަ ބަންދު ކުރުވައި ސަރުކާރުގެ އަޅުންނަށް ހަދާފައި ކަމަށެވެ. އެގޮތުން ބިގޭ ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރަށް ތާޢީދުކުރާ މެންބަރުން ޤާނޫނު އަސާސީއަށް ގެނައި ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ހަމައެއާއެކު ތިން ބާރުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަށްވާ ކަމަށްވެސް ބިގޭ ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީގެ ނުފޫޒު ބޭނުން ކުރަށްވައިގެން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމު ގެއްލުވާލުމުގެ މަސައްކަތް ފަށައި ސަރުކާރުން މަސައްކަތް ކުރަށްވާނީ އެ ބާރުވެސް މުށުތެރެއަށް ލެއްވުމަށް ކަމަށް ބިގޭ ތުހުމަތު ކުރެއްވިއެވެ.
ހަމައެހެންމެ ސަރުކާރުގެ މި ޢަމަލުތަކަކީ މީގެ 40 އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތުން މިނިވަން ކުރި ތިން ބާރުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް ބިގޭ ވަނީ ރޭގެ އިޙްތިޖާޖުގައި ވިދާޅުވެފައެވެ. އަދި އެމްޑީޕީން މަގުމައްޗަށް ނިކުތީ ރައްޔިތުންނާއި ދަޢުލަތުގެ އެންމެހާ ބާރުތަކުގެ ހައްޤުގައި ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.
“މަގުމައްޗަށް ނިކުމެ މިތިބީ ރައްޔިތުންގެ ހައްޤުގަ. ފުލުހުންނާ ސިފައިންގެ ހައްޤުގަ. މީގެ 40 އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތުން މިނިވަން ކުރި ތިން ބާރު ވަނީ ސަރުކާރުން ނިގުޅައިގެންފަ. ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަނގައިގައި މިވަނީ ތަޅު އަޅުވާފަ.” ބިގޭ ފާހަގަކުރަށްވާފައިވެއެވެ.
އޭގެ އިތުރުން ބިގޭ ވަނީ ޤާނޫނު އަސާސީން އުފައްދާފައިވާ މިނިވަން ކޮމިޝަންތައްވެސް މަޑުމަޑުން ސަރުކާރުގެ ބާރުގެ ދަށަށް ގެންނަމުންދާ ކަމަށާއި މިކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މިއަދު އޮތް ވާޖިބެއް ކަމަށް ވިދާޅުވެފައެވެ.
ބިގޭ މިހެން ވިދާޅުވެފައި ވާއިރު އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ކުއްލި އިޙްތިޖާޖުގައި ސަލާމަތީ ޚިދުމަތްތަކާއި އެމްޑީޕީގެ އެކްޓިވިސްޓުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވަނީ ކުރިއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު