އެލޮން މަސްކު އާއި، މާކޯ ރުބިއޯ  ފޮޓޯ: ގޫގުލް
އެލޮން މަސްކު އާއި، މާކޯ ރުބިއޯ ފޮޓޯ: ގޫގުލް
ވައިޓްހައުސްގައި ބޭއްވި އެމެރިކާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝެންސީގެ ވަޒީރު އެލޮން މަސްކް އާއި ޚާރިޖީ ވަޒީރު މާކޯ ރުބިއޯ އާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ މަސްކު އިސްވެ ހުރެ ކުރިއަށް ގެންދަވާ އެގައުމުގެ ސަރުކާރުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން މަދުކުރުމުގެ ސިޔާސަތާ ގުޅިގެންނެވެ.

މި ސިޔާސަތުގެ ދަށުން މަސްކު މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ 2 މިލިއަން މުވައްޒަފުންގެ ތެރެއިން ދޮޅު މިލިއަން މުވައްޒަފުން ވަކި ކުރުމަށެވެ. އަދި މި ސިޔާސަތުގެ ދަށުން މިހާތަނަށް 400،000 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިކަމާ ގުޅިގެން މަސްކު އާއި ރޯބިއޯ އާއި ދެމެދު ހޫނުގަދަ ޒުވާބެއް ހިނގާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަސްކު ވަނީ އޭނާގެ ޑިޕާޓްމެންޓުން އަމުރު ނެރުނު ކަމުގައި ވީނަމަވެސް ރޮބިއޯ ބައެއް މަސައްކަތްތެރިން ދޫނުކުރާކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ.

ރައްދުގައި ރުބިއޯ ވިދާޅުވެފައިވަނީ އޭގެ ތެރެއިން ގިނަ މީހުން ވަނީ އެމީހުންގެ ރިޓަޔާމެންޓު ފައިސާ ނަގައި ވަޒީފާ ދޫކޮށްފައި ކަމަށެވެ. އަދި އެހެންވެ، އެއީ އެމީހުން ވަކި ކުރެވުނީ ކަމުގައި ދެކޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ މަސްކުގެ ނުފޫޒުގެ ސަބަބުން ޚާރިޖީ ވުޒާރާގެ މަސައްކަތަށް ހުރަސްއެޅި މަސައްކަތްތައް ކުރަން ދަތިވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޓްރަމްޕު ވިދާޅުވީ ރުބިއޯ އޭނާގެ މަސައްކަތް ކުރަމުންދަނީ ރަނގަޅަށް ކަމަށާއި، އޭނާ މިވަގުތު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައް ހުންނާނެ ކަމަށެވެ.

އެލޮން މަސްކާމެދު ކެބިނެޓުގެ ފަރާތްތަކުގެ ނުރުހުންތައް އިތުރުވަމުންދާތީ، ޓްރަމްޕު ވަނީ އޭނާއަށް ދެެއްވާފައިވާ ބާރުތައްވެސް މަދުކޮށްފައެވެ. އެގޮތުން ޓްރަމްޕު ވިދާޅުވީ އޭނާ މަސްކުގެ މަސައްކަތަށް ތާއީދުކުރައްވާ ކަމުގައިވީ ނަމަވެސް، މީހުން ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު އޮންނާނީ ހަމައެކަނި ކެބިނެޓް މެންބަރުންނަށް ކަމަށާއި، މަސްކުގެ ޓީމުން ދޭނީ ހަމައެކަނި ލަފާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން