ސީރިއާގެ ހައްދު ފަހަނައަޅާފައިވާ ހަޔާތުއް ޝާމް އަލް ތަހުރީރު ޖަމާއަތް، އެޗްޓީއެސްގެ ސަރުކާރުން ތަނެއް ދޮރެއް ނުބަލައި އާންމުން މަރަން ފަށައިފި އެވެ.
ސީރިއާގެ މިނިވަން ނޫސްތަކުން ބުނި ގޮތުގައި ސީރިއާގެ ހަނގުރާމަ ވެރިން ދަނީ އަންހެނުންނާއި ކުޑަކުދިންނަށް ބެލުމެއް ނެތި މަރަމުން ނެވެ. އަދި ބޮޑަށް ހަމަލާ ދެމުންދަނީ ސީރިއާގެ އަލާވީ ދީނުގެ ބައިމަދު މީހުންނަށެވެ.
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދަކީވެސް އެ ދީނުގެ މީހެކެވެ.
އަލާވީ ދީނުގެ މީހުންނަށް ހަމަލާދޭތީ ސީރިއާގެ ސުންނީ މުސްލިމުން ވެސް ދަނީ ސީރިއާގެ ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ނުކުންނަމުން ނެވެ. އެގޮތުން ސީރިއާގެ ސުންނީ ޝެއިހެއް ކަމަށްވާ އަބްދުއް ރަހްމާން ދާލާ ހަނގުރާމަވެރިންނާ ދެކޮޅަށް ވާހަކަ ދައްކަވަމުންދާތީ ހަނގުރާމަވެރިން ވަނީ އޭނާގެ ގައިގައި ތަޅައި ޝަހީދުކޮށްލައިފަ އެވެ.
ހަނގުރާމަވެރިން ދަނީ ސީރިއާގެ ބައެއް މީހުންގެ ބޯތައް ބުރިކޮށް ޓެލެގްރާމް ގްރޫޕްތަކުގައި ވެސް ޕޯސްޓްކުރަމުން ނެވެ. މިއީ ކުރިން އައިސިސްއިން ވެެސް ގެންގުޅުނު އުކުޅުތަކެވެ.
ސީިރިއާގެ ވެރިކަން މިހާރު ކުރަމުންދާ އެޗްޓީއެސް ޖަމާއަތަކީ ކުރިން އައިސިސް ޖަމާއަތާ ގުޅިގެން މަސައްކަތް ކުރި ބައެކެވެ. އަދި އެޗްޓީއެސްގެ ޅީޑަރު އަދި މިހާރުގެ ސީރިއާގެ ރައީސް މުހައްމަދު އަލް ޝަރާއަކީ އައިސިސްގެ ކުރީގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީއާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ސީރިއާގެ ހާލަތު ގޯހުން ގޯހަށް ދަމުންދާ އިރު އިސްރާއިލުން ވަނީ ސީރިއާގެ ބިންތައް ފޭރެންވެސް ފަށައިފަ އެވެ. ނަމަވެސް ސީރިއާގެ ވެރިކަން ކުރާ ހަނގުރާމަވެރި ގްރޫޕުން އެކަމާ އަޅައެއް ނުލައި އުޅެނީ ސީރިއާގެ ރައްޔިތުންގެ ލޭ އޮހޮރުވުމުގަ އެވެ.
އެމެރިކާއާ އިސްރާއިލުގެ މަދަދާއެކު ސީރިއާގެ ހައްދު ފަހަނަ ހަނގުރާމަވެރިން ކުރީގެ ރައީސް އަސަދުގެ ވެރިކަން ވައްޓާލީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު