ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމް ޝުޖާއުއާއި ޕީޕީއެމް/ޕީއެންސީގެ މެންބަރުން މަސައްކަތް ނުކުރިނަމަ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އަދިވެސް އޮންނަވާނީ ޖަލުގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝަުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު އެފަދައިން ވިދާޅުވީ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ޝުޖާއުއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ނެވެ.
އެގޮތުން ޝުޖާއުފަދަ ބޭފުޅުންނާމެދު ރައްޔިތުން ކުރި އިތުބާރު މިހާރު އޮތީ "ދިމްޔާތުގެ ޖީބަށް" ލާފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ތުހުމަތުތަކަށް ރައްދު ދެއްވައި ޝުޖާ އެކްސްގައި މިއަދު ވިދާޅުވީ ރައީސް ޔާމީން މިހާރު ވެސް ގޭ ސިޓިންގ ރޫމުގަ މައިކު ހިއްޕަވައިގެން އިންނަވައިގެން ހައްދަވަނީ އިތުރުފުޅު ކަމަށެވެ.
އަދި އެހެންވެސް އިންނެވެނީ ޝުޖާުއުމެން ފަދަ ބޭފުޅުން ކުރި މަސައްކަތުން ކަމަށާއި އެހެން ނޫން ނަމަ އަދިވެސް އެމްޑީޕީން ރައީސް ޔާމީން ބާއްވާނީ ޖަލުގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކުރީ ރައީސް ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އެވެ. އަދި މި ސަރުކާރުގެ ވެރިކަމުގައި ވަނީ ރައީސް ޔަމީނަށް ކުރި ޖަލު ހުކުމް ބާތިލުކޮށް އެެ މައްސަލަަތައް އަލުން ބަލަން ކޯޓުން އަންގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު