އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ގަވާއިިދުތަކާއި ޚިލާފުވާ މީޑިޔާ ތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ގާނޫނުތައް މިހާރު ހުރިގޮތުން ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާއި، އެތިކްސް އާއި ޚިލާފުވާ މީޑިޔާތަކާއި މެދު މާ ބޮޑެތި ފިޔަވަޅުތައް އެޅެން ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. ކުރިން މީޑިޔާތަކަށް ފިޔަވަޅު އެޅީ އަބުރުގެ ގާނޫނުގެ ދަށުން ކަމަށާއި، މީގެ ކުރިން އެކޮމިޝަނުން އަބުރުގެ ގާނޫނު ބޭނުން ހިފީ ނާޖައިޒު ގޮތުގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.އެ ގާނޫނު އުވާލައިފައިވުމުން އެ ގާނޫނުގެ ދަށުން މީޑިޔާތަކަށް ފިޔަވަޅު އެޅެން ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ އަބުރުގެ ގާނޫނެއް ނުހެދި ނަމަވެސް މީޑިޔާ ތަކަށް ފިޔަވަޅު އެޅުމަށް ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

"އަބުރުގެ ގާނޫނު ނެތީމަ ފިޔަވަޅުތައް ހަގީގަތުގައި ކޮންމެވެސް ވަރަކަށް ލިމިޓްވެފައި އެބަހުރި، މިކަމަކީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަމާލުކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގެނެސްފައިވާ ކަމެއް، އިތުރު ފިޔަވަޅު ތައް އެޅޭގޮތަކަށް އެ ގާނޫނުތައް ބައްޓަންކުރަން އެބަޖެހޭ ކަމަށް، އެބޭފުޅުންނަށް މިހާރު އަޅަން ހުރި ފިޔަވަޅުތަކަށް ބަލާއިރު ވަރަށް ފަސޭހައިން ކޮންމެ ވާހަކަ އެއް ވެސް ދައްކާފައިވެސް އެކަމުން ސަލާމަތްވެވޭނެ ގޮތަކަށް މި އޮންނަނީ، އަދި ބްރޯޑްކާސްޓަރެއް ވެސް ބަންދުކުރާނަމަވެސް މިޖެހެނީ ކޯޓަށް ހުށައަޅައިގެން އެގޮތަށް ކުރިއަށް ގެންދަން، އެހެންވީމަ ގާނޫނުތަކަށް ވެސް ބަދަލެއް ގެންނަން އެބަޖެހޭ ބްރޯޑް ކާސްޓަރުންވެސް މީޑިޔާތަކުން ވެސް ކޮންމެ ހުދޫދެއް އެބަ ގެންގުޅެންޖެހޭ" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ހުޅުޖެހުމާއި މީހުން މެރުމަށާއި ހަނގުރާމައަށް ނުކުންނަން ހިތްވަރު ލިބޭ ވާހަކަ ބްރޯޑްކާސްޓް ކުރުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އެފަދަ ވާހަކަ ތަކަކީ ސިޔާސީ ވާހަކަ ތަކެއް ނޫން ކަމަށާއި، އެއީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެވާހަކަތަކަކީ ބްރޯޑް ކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފަށް ބްރޯޑްކާސްޓް ކުރާ ވާހަކަތަކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށި ކޮޅުގައި ހުޅު ޖަހަން ޗެނަލް 13 ގެ ޝޯއެއްގައި ވާހަކަ ދެއްކި މީހަކު ގޮވާލި މައްސަލަ ވަނީ ހޫނުވެފައެވެ. ބުރާސްފަތި ދުވަހުގެ މެންދުރު ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމަކަށް ގުޅި ބައިވެރިއަކު ވަނީ މިހާރުން މިހާރަށް ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލާފައެވެ. އެ މީހާ އެހެން ބުނާ ވީޑިއޯ ޝޯޝަލް މީޑިއާ ގައި ދައުރުވެ އެމައްސަލަ ބަލާ ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލަމުންދަނިކޮށް ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ފުލުހުންވެސް ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.

ޗެނަލް 13 އިން ވަނީ އެމީހާ އަމިއްލަ ޚިޔާލަށް ދެއްކި ވާހަކަ އެއް ކަމަށް ބުނެފައެވެ. ޗެނަލް 13 އިން ވަނީ އެވާހަކަ ބްރޯޑް ކާސްޓް ކުރެވުނީތީ ބެލުންތެރިންގެ ކިބައިން މާފަށް ވެސް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ގ

07-Sep-2020

އެމްއެމްޕީއާރުސީ ފައިސާއއިން އެޅި ގެސްޓްހައުސް ދައުލަތަށް ނަގަން ޖެހޭ



ޓްރެންޑިން