ގަލޮޅު ގެއެއްގެ ވެރިފަރާތަށް އިންޒާރުދީ ބިރުދައްކައި އެގެއަށް ގެއްލުންދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރުދައްކައި އިންޒާރުދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ރޭ 12:45 ހާއިރު ގަލޮޅު ގެއަކަށް 4 މީހަކު ވަދެ އެގެއަށް ގެއްލުންދީ ވެރިފަރާތަށް އިންޒާރުދީ ބިރުދައްކާފައިވާތީ އެ 4 މީހުން ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް ރީތިހިޔާ، މުޙައްމަދު އަފްލާޙާއި ނ. ވެލިދޫ އެލާސް، އިބްރާހީމް އަހްނަފާއި ނ. މަނަދޫ ހަވޭލި، މުޙައްމަދު އަޒާންގެ އިތުރުން ތ. ގުރައިދޫ ފަޒާ، ޢަލީ ނަވާފެވެ.
މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެމީހުން ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި ޙާދިސާގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން ދާއިރު ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު