ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް މިއަދު ހާޒިރުކޮށްފިއެވެ.
ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް މިއަދު މެންދުރު ޙާޟިރު ކޮށްފައިވާއިރު އެކޮމިޝަނުން ބަލަމުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެންދިއުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމަށް އެދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މަހާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ.
އެމައްސަލައިގެ އަޑުއެހުމަށް ފަނޑިޔާރު މަހާޒް މިއަދު ޖޭއެސްސީއަށް ޙާޟިރުވެ ވަޑައިގެންފައިވަނީ ޤާނޫނީ ވަކީލް ފައިސަލްއާ އެކުގައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލާގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ޙާޟިރު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
އަޒްމިރަލްދާގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް ޖޭއެސްސީގައި އެދިވަޑައިގެންނެވި ނަމަވެސް ޖޭއެސްސީން މިއަދު ނިންމާފައިވަނީ އެ އަޑުއެހުން ހުޅުވާ ނުލުމަށެވެ.
މި މައްސަލަ އޭސީސީންވެސް މިހާރު ދަނީ ބަލަމުންނެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ހަބީބް އާއި ޤާޟީ އިބްރާހީމް ޒިހުނީ އާއި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުހައްމަދު މިހާރު ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގެ އިތުރުން ހައިކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑީޔާރު ހުސްނުއްސުއޫދު ހުތުރުބަހުން އޭނާއަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށްބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު