ރޭ އިދިކޮޅު އެމްޑީޕީން ރޭ ދަނޑިކޮށި ޖަގަހައިން ފަށަން އުޅުނު މުޒާހަރާ ހުއްޓުވަން ފުލުހުން އަމަލުކުރި ގޮތް ބަލަން ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ނިންމައިފި އެވެ.
ރޭގެ މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރި ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ބުނަމުން ނެވެ. އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމްވެސް އެކްސްގައި ވަނީ ސުލްހަވެރި މުޒާހަރާ ރޫޅާލި ގޮތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.
އެހެންވެ ރޭގެ މުޒާހަރާއާ ގުޅޭގޮތުން އެޗްއާރުސީމްގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ސުވާލުކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުޒާހަރާތައް ކުރިއަށް ދާއިރު އެޗްއާރްސީއެމުން މޮނީޓާ ކުރާނެ ކަމަށެވެ. އަދި މުޒާހަރާ ތަކުން ފާހަގަވާ ކަންކަން ހިނގައިދިޔަގޮތް ކަމާގުޅުންހުރި އިދާރާތަކުން ސާފުކޮށް، އަމަލުކޮށްފައިވާ ގޮތުގެ ކަންބޮޑުވާ ކަންކަން ހުރިނަމަ އެކަމާ ގުޅިގެން ކޮމިޝަނުން ލަފާ ދޭނެކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"މިހާރު ކުރިއަށްދާ މުޒާހަރާތަކުގައިވެސް މިގޮތަށް ކޮމިޝަނުން މަސައްކަތް ކުރަމުންދެއެވެ." އޮފިޝަލު ވިދާޅުވި އެވެ.
ރޭ އެމްޑީޕީން އެއްވާން އުޅުނުއިރު އޭގެ ކުރީ ރޭ ވެސް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރި އެވެ. އެއީ ފްލެޓް ލިސްޓު ކަމުނުދާ ކަމަށާއި ސުޕްރީމް ކޯޓަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު