މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 14 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމާފައިވާކަމަށްބުނެ އަޑުފެތުރިފައި ވަނިކޮށް، އެކަން ކުށްވެރިކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީރު ވާހަކަފުޅު ދައްކަވައިފިއެވެ.
14 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރަން އެމްއެމްއޭގެ ބޯޑުން ނިންމާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު އެމްޑީޕީން ވެސް ވަނީ އެ ވާހަކަ އެގޮތަށް ދައްކާފައެވެ.
ނަމަވެސް އެމްއެމްއޭއިން އަދި އެކަމުގައި ބަހެއް ބުނެފައެއް ނުވެއެވެ.
ފައިސާ ޗާޕު ކުރަން އުޅޭ ވާހަކައާ ގުޅިގެން ރައީސް ނަޝީދު މިރޭ އެކްސްގައި ވިދާޅުވީ، އެމްއެމްއޭއިން ވިސްނަމުންދަނީ ވަކި ބިމެއް ގަތުމަށްފަހު އެތަނުގައި ފައިނޭންޝަލް ސެންޓަރެއް އިމާރާތްކުރުމުގެ މަޝްރޫޢެއް ހިންގުމަށް ކަމަށެވެ. އެހެންނަމަވެސް މިފަދަ މަޝްރޫޢެއް ހިންގުމަކީ މަރުކަޒީ ބޭންކެއްގެ އާންމު އުސޫލުތަކާ ފުށުއަރާ ކަމެއްކަމަށް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، މި މަޝްރޫޢަކީ ސަރުކާރުން ބަޖެޓް ޑެފިސިޓް ކުޑަކުރުމަށާއި ދައުލަތުގެ ދަރަނި ދަށްކުރުމަށް ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާވެސް ފުށުއަރާ ކަމެއްކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން އެކަން ކުރުމުގެ ބޭނުމެއްކަމަށް ފެނިވަޑައިގަންނަވަނީ ފައިސާ ހޯދުންކަމަށާއި އޭގެ ސަބަބުން ޑޮލަރުގެ އަގު 24 ރުފިޔާއަށް އުފުލިގެން ދާނެކަމަށާއި އިންފްލޭޝަން ވެސް އުފުލިގެން ދާނެކަމަށެވެ.
އެހެންކަމުން ނަޝީދު އިލްތިމާސް ކުރެއްވީ، ދައުލަތުން ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކޮށް، އައިއެމްއެފްގެ މަޝްވަރާއާ އެއްގޮތަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭކަމުގެ ވާހަކަތަކެއް ފެތުރިފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިގުތިސާދު ކޮޅަށް ޖައްސަވާނީ ފައިސާ ޗާޕު ނުކޮށް ކަމަށާއި އަދި މިހާތަަނަށް ވެސް މި ސަރުކާރުން ފައިސާ ޗާޕު ކޮށްފައި ނުވާނެކަަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިފަދަ ވާހަކަފުޅުތަކެއް ދެއްކެވި ނަމަވެސް ފައިސާ ޗާޕުކުރަން އުޅޭ ވާހަކައަކީ ހަގީގަތެއް ކަމެއް ސަރުކާރުން މިހާތަނަށް ވެސް ހާމަކިށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު