ގދ. ހޯނޑެއްދޫ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހުންނާ ކޮންޓެކްޓުވި މީހުން، އެރަށުގައި މިހާރު ގާއިމުކޮށްފައިވާ ހޮޓްލައިނަށް ގުޅާއި އެންގުމަށް އެޗްއީއޯސީ އިން މިރޭ އިލްތިމާސްކޮށްފިއެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން އައިމިނަތު އަރޫޝާ ވިދާޅުވީ ހޯނޑެއްދޫން ޕޮޒިޓިވްވި ދެ މީހުންނާއި އަދި އެމީހުންގެ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި 19 މީހުންނާއި ކޮންޓެކްޓްވި މީހުންގެ ގޮތުގައި 46 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަރޫޝާ ވިދާޅުވީ ކްލޯޒް ކޮންޓެކްުޓުންގެ ގޮތުގައި ބަލަނީ މާސްްކް ނާޅައި 15 މިނެޓަށް ވުރެ ގިނައިރު ހަފޫޓު ކައިރިން ބައްދަލުވެފައިވާނަމަ ކަމަށެވެ. އަދި ޕޮޒިޓިވްވެގެން އަންނަ ކޭސްތަކަކީ އަލާމާތް ފެނިގެން އަންނަ ކޭސްތަކެއްނަމަ އޭގެ ދެ ދުވަސް ކުރިއަށް ދިމާވެފައިވާ މީހުން ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ފަސް ނުޖެހި އެންގުމަށް އަރޫޝާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެގޮތަށް އެކަން ކުރުމުގެ ސަބަބުން ރަށުގައި ބަލި ފެތުރުން ހުއްޓުވުމަށް ބޮޑު އެހީއަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން